ހުޅަނގު މޫސުން ރަސްމީކޮށް ރާއްޖެއަށް ފެށިފައިވާކަން މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީހުން) މިއަދު އިއުލާނުކޮށްފި އެވެ.
ވީ ކިހިނެއް؟ - މެޓު އޮފީހުން ބުނި ގޮތުގައި، ރާއްޖޭގައި މައިގަނޑު ދެ މޫސުން އޮންނައިރު، އިރުވައި މޫސުމުގެ ގޮތުގައި ބަލަނީ ގާތްގަނޑަކަށް ޖެނުއަރީ މަހުން ފެށިގެން މާޗުގެ ނިޔަލަށެވެ. ހުޅަނގު މޫސުމުގެ ގޮތުގައި ބަލަނީ މޭ މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
ތަފްސީލް - ރާއްޖޭގެ ދެކުނަށް މި އަހަރު ހުޅަނގު މޫސުން ލައިގެންފައިވަނީ، މެޓުން ބުނިގޮތުގައި މީގެ ދެ ދުވަސް ކުރިންނެވެ.
ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑުތަކަކީ:
މެއި 1ގެ ފަހުން ދެކުނުގެ އަތޮޅުތަކުގެ މަދުވެގެން %60 ސްޓޭޝަނުން، 2.5 މިލިމީޓަރު ނުވަތަ އިތުރަށް ދުވާލެއްގެ މައްޗަށް ރެކޯޑުކުރެވުން
މެއި 1ގެ ފަހުން ދެކުނުގެ އަތޮޅުތަކުގެ މަދުވެގެން %60 ސްޓޭޝަނުގައި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު ދިހަ ނޯޓިކަލް މޭލަށް ވުރެ ބާރުގައި ޖެހުން
މި ދެ ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިޔުން
އެނގުން މުހިއްމު - ދެ މޫސުމުގެ ދޭތެރޭގައި ކޮންމެ އަހަރަކު ވެސް މަހެއްހާ ދުވަސް އޮންނައިރު، މިއީ އާއްމު ގޮތެއްގައި ގަދަ ދުވަސްތަކެކެވެ. ހުޅަނގު މޫސުމުގައި ގިނައިން ވިއްސާރަ ވެހި ކަނޑު ގަދަވެ އެވެ. މިހާރު ވެސް މެޓު އޮފީހުން ވަނީ، ކުރިއަށް އޮތް ދެ ތިން ދުވަހު ދެކުނާއި މެދު ރާއްޖެތެރެއަށް ގަދަ ވާނެ ކަމަށް އިއުލާނުކޮށްފަ އެވެ.
ރާއްޖެއަށް ހުޅަނގު މޫސުން ފެށިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ