ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ކުރަމުންދާ ނުރައްކާތެރި ހަނގުރާމަ ތިން ދުވަހުގެ މުއްދަތަށް މެދުކަނޑާލުމަށް ނިންމާފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކޮށްފިއެވެ.
އުޝަކޯވް އިތުރަށް ހާމަކުރި ގޮތުގައި، މިކަމާ ގުޅޭގޮތުން ރަޝިޔާގެ ރައީސް ލަޑިމިއަރ ޕުޓިން އާއި ޓްރަމްޕް ފޯނުން ވާހަކަ ދައްކާފައިވެއެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިގައި ދެ ގައުމަކީ ބައިވެރިންކަން ފާހަގަކޮށް، ރަޝިޔާގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ހަނގުރާމަ މެދުކަނޑާލުމާ ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށް އޭނާ ބުންޏެވެ.
ޓްރަމްޕްގެ ރިޔާސީ ކެމްޕޭނުގައި ވެރިކަމަށް އަންނަތާ 24 ގަޑިއިރު ތެރޭ ހަނގުރާމަ ހުއްޓުވާނެ ކަމަށް ބުނި ނަމަވެސް، ވެރިކަމަށް އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މިހާތަނަށް މިކަމުގައި ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
ޒެލެންސްކީ ޔޫކްރޭނުގެ އެއްވެސް ބިމެއް ދޫކޮށްލުމަށް އިންކާރު ކުރަމުންދާއިރު، ހަނގުރާމަ ހުއްޓާލުމަށްޓަކައި ބައެއް ބިންތައް ދޫކޮށްލަން ޖެހިދާނެ ކަމަށް ޓްރަމްޕާއި ކިއީވްގެ މޭޔަރު ވިޓާލީ ކްލިޝްކޯ މީގެ ކުރިން ވަނީ އިޝާރާތް ކޮށްފައެވެ.
ޔޫކްރޭން ހަނގުރާމަ ތިން ދުވަހަށް މެދުކަނޑާލާނެ: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ