ހިންމަފުށީ ސްކޫލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ސްޓެލްކޯއިން ހައްލުކޮށްދީފި

ކ. ހިންމަފުށީ ސްކޫލަށް ދިމާވެފައިވާ ކަރަންޓުގެ ގިނަ މައްސަލަތަކެއް ސްޓެލްކޯއިން ހައްލުކޮށްދީފިއެވެ.އެ ކުންފުނިން ބުނީ، ހިންމަފުށީ ސްކޫލަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނީ އެ ސްކޫލުގެ އެދުމުގެ މަތިން ކަމަށެވެ. އެގޮތުން އެ ސްކޫލުގެ ކޮމްޕިއުޓަރު ލެބާއި، ސްޓާފްރޫމުގައި ހުރި ލައިޓްތަކެއް ރަނގަޅުކޮށްދިނުމުގެ އިތުރުން، ވަޔަރިންގެ ބައެއް މައްސަލަތައް ހައްލުކުރުމުގައި އެ ރަށު އިންޖީނުގޭގެ މުވައްޒަފުން ހަރަކާތްތެރިވެފައިވެއެވެ.މީގެ އިތުރުން ސްޓެލްކޯއިން ވަނީ އެ ސްކޫލަށް ލެޑް ލައިޓް ވެސް ހަދިޔާކޮށްފައެވެ.ސްޓެލްކޯއިން އަންނަނީ އެ ކުންފުނީގެ އޮޕަރޭޝަންތައް ހިންގަމުން އަންނަ ރަށްރަށުގެ މުއައްސަސާތަކަށް މިފަދަ އެހީތެރިކަން އަބަދުވެސް ފޯރުކޮށްދެމުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ