އެމްޑީޕީން ގުރައިދޫ ދާއިރާގެ ޕްރައިމަރީ ހުޅުވާލައިފި

މިހާރު އަޑުތައް ފެތުރިފައިވާ ގޮތުން އެ ދާއިރާގެ ބައި-އިލެކްޝަނުގައި ޕީޕީއެމާއި އެމްޑީޕީ އާއި ޖޭޕީގެ އިތުރުން އެމްއެންޕީ ވެސް ވާދަ ކުރާނެ އެވެ.
މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީގެ ކެންޑިޑޭޓެއް ކަނޑައަޅަން ބާއްވާ ޕްރައިމަރީ މާޗް 11 އަށް ތާވަލްކޮށް އިއުލާންކޮށްފި އެވެ. އެމްޑީޕީން ބުނީ އެ ގުރައިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ މުއްދަތުގެ ސުންގަޑި މާޗް ދެވަނަ ދުވަހު ހަވީރު 4:00 ޖެހުމާ ހަމައަށް އޮންނާނެ ކަމަށެވެ. އެމްޑީޕީގެ މިޕްރައިމަރީގައި ވާދަ ކުރަން ޝައުގުވެރިވާ އެ ޕާޓީގެ މެންބަރުން ޕްރައިމަރީގައި ވާދަ ކުރުމަށް ތާއީދުކުރާކަން ހާމަކޮށްދޭ 100 މެންބަރުންގެ ތާއީދުފޯމާއެކު ޕްރައިމަރީއަށް ކުރިމަތިލާ ފޯމް ހުށަހަޅަން ޖެހެ އެވެ. 
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެދާއިރާގެ މެންބަރު، ގާނޫނީ ވަކީލު އިބްރާހިމް ރިޒާ މިދިޔަ ބުރާސްފަތި ދުވަހު ކުއްލި ގޮތަކަށް ގައުމުން ބޭރުގައި އަވަހާރަވުމާ ގުޅިގެނެވެ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމައި އެކަން ރަސްމީކޮށް ވަނީ އިއުލާންކޮށްފައެވެ. މަޖިލީހުގެ ގުރައިދޫ ދާއިރާގައި ހިމެނެނީ ގުރައިދޫ އާއި ގުޅި އާއި މާފުށި ހިމެނޭ ގޮތަށް ތިން ރަށެވެ. ދާއިރާގައި އަބަދުވެސް ނުޒޫދު ގަދަވެފައި ސަޕޯޓް ބޮޑީ އިދިކޮޅު ޕީޕީއެމެވެ. އެންމެ ފަހުން 2019 ވަނަ އަހަރު އެ ދާއިރަށް އެމްޑީޕީން ވާދަ ކުރެއްވީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާދިލު ސަލީމެވެ. އެ ފަހަރު ރިޒާއަށް 1,186 ވޯޓް ލިބި ވަޑައިގެންނެވި އިރު އާދިލަށް ލިބި ވަޑައިގަތީ  1,038 ވޯޓެވެ.  3.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓް ނަގާ ތާރީހު އިލެކްޝަނުން ދިން ނަމަވެސް އިންތިހާބަށް އަދި ގޮވައެއް ނުލަ އެވެ. މިހާރު އަޑުތައް ފެތުރިފައިވާ ގޮތުން އެ ދާއިރާގެ ބައި-އިލެކްޝަނުގައި ޕީޕީއެމާއި އެމްޑީޕީ އާއި ޖޭޕީގެ އިތުރުން އެމްއެންޕީ ވެސް ވާދަ ކުރާނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ