އެމްޑީޕީ ޕްރައިމަރީ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ

މި މައްސަލަ ކޯޓަށް ހުށައެޅުއްވީ ރައީސް މުހައްމަދު ނަޝީދާއެކު އިސްކޮށް ތިއްބެވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންނެވެ. ތިން މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފައިވެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލުކޮށް އަލުން ޕްރައިމަރީ ބާއްވަން އަމުުރު ކޮށްދޭން އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަގެ ފުރަތަމަ އަޑުއެހުން މާދަމާގެ ތާވަލަށް ލައިފި އެވެ.
މި މައްސަލަ ކޯޓަށް ހުށައެޅުއްވީ ރައީސް މުހައްމަދު ނަޝީދާއެކު އިސްކޮށް ތިއްބެވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންނެވެ. ތިން މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފައިވެ އެވެ. ކޯޓަށް ހުށަހެޅި ތިން މައްސަލައިގައި ވެސް އެއް ކަންތައްތަކެއް ފާހަގަކޮށްފައި ވާތީ، ކޯޓުން ބަލައިގެންފައި ވަނީ އަލީ އަމްޖަދު ކިޔާ މީހަކު ހުށަހެޅި މައްސަލައެއް އެކަންޏެވެ. އަނެއް ދެ މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ. ހުރިހާ މައްސަލައެއްގައި ވެސް އެދިފައި ވަނީ ތިން އަމުރެއް ނެރެދިނުމަށެވެ.
މި މައްސަލަ ފަށަން ކުރީން އޮތް ތާރީހުގައި ނުފެށުނީ އެމްޑީޕީން އިތުރު ފުރުސަތަކަށް އެދެމުންނެވެ. މާދަމާގެ އަޑުއެހުން އޮތީ ހެނދުނު 11:30 ގައެވެ.މައްސަލައިގައި އެހެން އޮތް ނަމަވެސް، އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް މިހާރު ވަނީ އަރުވައިފަ އެވެ.ވޯޓު ފޮށިތަކުގެ ނަތީޖާގައި ރައީސް ނަޝީދު ކުރީގައި އުޅުއްވާ ކަމަށް ވިދާޅުވެ ރިޔާސީ ޕްރައިމަރީގެ ނަތީޖާ ގަބޫލު ކުރައްވަން އެމަނިކުފާނު ވަނީ ދެކޮޅު ހައްދަވާފަ އެވެ. ޕްރައިމަރީގެ ނަތީޖާ ދައްކާ ގޮތުގައި ރައީސް ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 24،566 ވޯޓެވެ.މި ޕްރައިމަރީން 24،000 ވޯޓް ރައީސް ސޯލިހަށް ލިބިފައިވާ ކަަމަށް ދެއްކި ނަމަވެސް އެއީ ކަށަވަރު ކުރަން ޖެހިފައިވާ އަދަދެއް ކަމަށް ނަޝީދު ވިދާޅުވެ އެވެ. އިންތިހާބުން ބަލިވެއްޖެ ކަމަށް ގަބޫލު ކުރެއްވި ނަމަވެސް ރައީސް ސޯލިހްގެ ފަހަތްޕުޅަށް އަރާ ވަޑައިގަތުމަށް ނަޝީދު ދެކޮޅު ހައްދަވަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ