އިނގުރައިދޫ ދާއިރާގެ ހުރިހާ ރަށެއްގެ ލޭންޑްޔޫސް ޕްލޭން ފާސްކޮށްދީފި
މިކަން ހާމަ ކުރައްވާފައިވަނީ އެ ދާއިރާގެ މަޖިލިސް މެންބަރު ޙަސަން އަޙްމަދު (ހަސަންޓޭ) އެވެ. ހަސަންޓޭ ފޭސްބޫކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލާމަރުކަޒީ ނިޒާމުން ހިންގުމަށް ކައުންސިލްތަކަށް ހުއްޓުން ގެނުވި ލޭންޑް ޔޫޒް ޕްލޭންގެ ހުރިހާ ހުރަހެއް އިނގުރައިދޫ ދާއިރާގެ 5 ރަށުން ނައްތާލެވިއްޖެ ކަމަށެވެ. އަދި ގާނޫނުގައިވާ ގޮތުގެ މަތިން 5 ރަށުގެ ލޭންޑް ޔޫޒް ޕްލޭން ފާސްކޮށް ކައުންސިލް އިދާރާތަކާ ހަމައަށް ވާސިލްވީ ކައުންސިލަރުންނާ އަދި ކައުންސިލް އިދާރާތަކާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަދި ވަކިން ހާއްސަކޮށް ދާއިރާގެ ރައްޔިތުން މިކަމަށް ދިން އެއްބާރުލުމުން ކަމަށް ވެސް ހަސަންޓޭ ވަނީ ވިދާޅުވެފައެވެ. އިނގުރައިދޫ ދާއިރާގައި އެންމެ ފުރަތަމަ ލޭންޑްޔޫސް ޕްލޭން ފާސްކޮށްދިނީ ކިނޮޅަހުގެއެވެ. އެ ދާއިރާގައި ދެން ހިމެނެނީ ފައިނު، އިނގުރައިދޫ، އިންނަމާދޫ އަދި ރަސްމާދޫއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ