އަރިސް ބޭފުޅުން ލައްވައި ރައީސް ނަޝީދުގެ ސެކިއުރިޓީ ކަނޑާލަށް ގޮވަނީ ރައީސް ޞާލިޙް: ވައްޑޭ

ރައީސް ނަޝީދުގެ ސެކިއުރިޓީ ކަނޑާލަން އަރިސް ބޭފުޅުން ލައްވައި ގޮވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ތުހުމަތު ކުރައްވައިފިއެވެ.
ވައްޑޭ ވިދާޅުވީ ރައީސް ނަޝީދުގެ ސެކިއުރިޓީ ކަނޑާލަން ގޮވުމަކީ ކަންބޮޑުވާ ކަމެއްކަމަށާއި އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާވެސް ދީފައިވަނީ ރޯދަމަހެއްގެ ފަހު ދިހައިގެ ރެއެއްގައިކަމަށެވެ.
"ރައީސް ޞާލިޙުގެ އަރިސް ބޭބޭފުޅުން ލައްވައި ރޯދަމަހުގެ ފަހުދިހައެއް ތެރޭ، ރައީސް ނަޝީދުގެ ސެކިއުރިޓީ ކަނޑާލަން ގޮއްވައި އެހިންގަވާ ކެމްޕޭނާމެދު ނުހަނު ކަންބޮޑުވޭ. ދެރޯދަމަސް ކުރިން ފަހުދިހަ އެއްތެރޭ ގޮއްވާލި ބޮމާ ސަރުކާރާ ގުޅުވައި ރަށުތެރޭ ވާހަކަދެކެވެން މަގުފަހިވަނީ މިފަދަ ކަންކަމާހުރެ." ވައްޑޭ ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ބޮމުގެ ހަމަލާގެ ފަހަތުގައިވަނީ ރައީސް ޞާލިޙް ކަމަށް ރައީސް ނަޝީދަށް ތާއިދު ކުރައްވާ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. މިގޮތުން ބޮމުގެ ހަމަލާގެ ޝަރީއަތް ލަސްވަމުން ދަނީ ރައީސް ޞާލިޙްގެ ނުފޫޒުން ކަމަށް އެފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ