އެމްޑަބްލިއުއެސްސީން ސްޓެލްކޯގެ ކަރަންޓު ބޭނުން ކުރަން އެއްބަސްވެއްޖެ

މޯލްޑިވްސް ވޯޓާ އެންޑް  ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ކަރަންޓު އެ ކުންފުނީގައި ބޭނުން ކުރަން އެއްބަސްވެއްޖެއެވެ.
އަންގާރަ ދުުވަހު ދެ ކުންފުނިން މި އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު ސްޓެލްކޯއިން ބުނީ މިފަދަ އެއްބަސްވުންތަކުގައި ސޮއި ކުރެވެނީ އެ ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ. އަދި ގްރިޑް ސްޓެބިލިޓީ އިތުރުވެ، އަމިއްލަ ޖެނެރޭޓަރު ސެޓު ބޭނުންކޮށްގެން ކަރަންޓު އުފައްދަމުން ގެންދާ ބައެއް ބޮޑެތި ކުންފުނިތަކުން ސްޓެލްކޯއަށް ބަރޯސާވުން އިތުރުވެފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އަމިއްލަ ޖެނެރޭޓަރު ބޭނުން ކުރުމުގެ ބަދަލުގައި ބައެއް ބޮޑެތި ކުންފުނިތަކުންވެސް ސްޓެލްކޯއިން އެ ހިދުމަތް ބޭނުން ކުރަން ވަނީ ފަށާފައެވެ.
އެގޮތުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަހުގެ ވިޔަފާރި ކުރަމުންދާ އެންސިސް އިން ވެސް ވަނީ ސްޓެލްކޯ މެދުވެރިކޮށް ކަރަންޓުގެ ހިދުމަތް ބޭނުން ކުރަން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ