އުމަރު ފިޔަވައި އެހެން ހުރިހާ ކެންޑިޑޭޓުން ވޯޓު ލައްވައިފި!

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފިޔަވައި އެހެން ހުރިހާ ކެންޑިޑޭޓުން ވޯޓު ލައްވައިފި އެވެ. 
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމުލަ 8 ކެންޑިޑޭޓުން ބައިވެރިވެވަޑައިގަންނަވައެވެ. 
އެއީ، އަމިއްލަ ގޮތުން ވާދަ ކުރައްވާ، އުމަރު ނަސީރާއި، ފާރިސް މައުމޫނާއި، ހަސަން ޒަމީލް އާއި، ޕީއެންސީގެ ފަރާތުން ޑރ. މުހައްމަދު މުޢިއްޒު، އެމްއެންޕީގެ ފަރާތުން މުހައްމަދު ނާޒިމް، ޖޭޕީގޭ ފަރާތުން ގާސިމް އިބްރާހިމް އަދި އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެވެ. 
Advertisement
އެ ކެންޑިޑޭޓުންގެ ތެރެއިން އުމަރު ނަސީރު ފިޔަވައި އެހެން ހުރިހާ ކެންޑިޑޭޓުން ވެސް ވަނީ ވޯޓު ލައްވާފައެވެ. އެ ހުރިހާ ކެންޑިޑޭޓުން ވެސް ވޯޓު ލެއްވީ މާލޭގައި އެ ބޭފުޅުންގެ ދާއިރާއަށް ނިސްބަތްވާ ފޮށްޓަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ