ޖުޑީޝަރީ ކޮމެޓީން ދިރާސާކުރާ ބިލްތަކަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި

އެއީ ޖިނާއީ އިޖްރާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ދިރާސާކުރާ ބިލްތަކަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.
އެ ކޮމެޓީން ބުނީ މިހާރު ދިރާސާ ކުރަމުންދާ ބިލްތަކަށް އާންމުންގެ ހިޔާލަށް ހުޅުވާލާފައިވާ ކަމަށެވެ. އެ ކޮމެޓީގައި މި ވަގުތު ދެ ބިލެއް ދިރާސާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.އެއީ ޖިނާއީ އިޖްރާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.އެ ބިލްތަކަށް ހިޔާލަށް ހުޅުވާލާފައި ވަނީ އިއްޔެ އިން ފެށިގެންނެވެ. އެ ކޮމެޓީން ބުނި ގޮތުގައި އޮގަސްޓް 8 ވަނަ ދުވަހުގެ ނިޔަލަށް އެ ބިލްތަކަށް ހިޔާލު ހުށައެޅޭނެ އެވެ. އެ ދުވަހުގެ މެންދުރު 12 ގެ ކުރީން މަޖިލީހުގެ އިދާރާއަށް ލިޔުމުން ނުވަތަ މެއިލް މެދުވެރިކޮށް އާންމުންނަށް ހިޔާލު ހުށައެޅޭނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ