ސިފައިންގެ ޗީފް އަބްދުއްރަހީމް ރިޓަޔާ ކުރައްވައިފި

އަބްދުއްރަހީމަށް 60 އަހަރު ފުރިވަޑައިގަތުމާއެކު ރޭ ވަނީ ޝަރަފުވެރި ކަމާއެކު ރިޓަޔާ ކުރައްވާފަ އެވެ. އޭނާ ވަނީ 39 އަހަރު ސިފައިންގެއަށް ހިދުމަތް ކުރައްވާފަ އެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފް ޝަރަފުވެރިކަމާ އެކު ހިދުމަތުން ވަކިވެވަޑައިގަންނަވާނެ އެވެ. 
ސިފައިންގެ ގަވާއިދު ބުނާ ގޮތުން ހިދުމަތު ގައި ދެމި ހުރެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ. އަބްދުއްރަހީމަށް 60 އަހަރު ފުރިވަޑައިގަތުމާއެކު ރޭ ވަނީ ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފަ އެވެ. އޭނާ ވަނީ 39 އަހަރު ސިފައިންގެއަށް ހިދުމަތް ކުރައްވާފަ އެވެ.މިކަމަށް ރޭ ސިފައިންގެ މައިމަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އަބްދުއްރަހީމްގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ އޮނާ ގާޑެއް އަރުވާފަ އެވެ. މި ރަސްމިއްޔާތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ ސިޓީފުޅު އަދި، އިހްލާސްތެރި ހިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު ހަވާލުކޮށްފައިވެ އެވެ.ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ ދެތިން ގަޑިއެއްހާއިރުގެ ތެރޭގައި ބޭއްވި ރަސްމިއްޔާތެއް ގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަނު ކުރެއްވި އަބްދުއްރަހީމް އަބްދުލް ލަތީފް، ސިފައިންގޭގެ ހިދުމަތާ ގުޅިވަޑައިގެންފައި ވަނީ ފެބްރުއަރީ 18، 1995 ގައެވެ.މަގާމާއި ހަވާލުވެވަޑައިގަތުމުގެ ކުރީން ވެސް އަބްދުއްރަހީމް ވަނީ ހިދުމަތުން ދުރަށް ވަޑައިގަތުމަށް ނިންމަވާފަ އެވެ. ނަަމަވެސް ޗީފް އޮފް ޑިފެންސްގެ މަގާމު ރައީސް މުއިއްޒުގެ ސަރުކާރުން ހުށައެޅުމުން ރިޓަޔާ ކުރާ އުމުރު ހަމަވަންދެން ސިފައިންގެ ހިދުމަތު ގައި ދެމި ހުންނެވުމަށް ނިންމެވީ އެވެ.ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ގައި އަބްދުއްރަހީމަކީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އެވެ.
އަބްދުއްރަހީމް ދިވެހި ޤައުމަށް ކޮށްދެއްވި ހާއްސަ ހިދުމަތްތަކުގެ ތެރޭގައި، ނޮވެންބަރު 3، 1988 ގައި ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ހަމަލާއަށްފަހު ސިފައިން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގައި އަމަލީގޮތުން ހަރަކާތްތެރިވެ ވަޑައިގެންފައިވެ އެވެ. އަދި ޑިސެންބަރު 26، 2004 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނާއި، 2011 ވަނަ އަހަރު އައްޑޫ ސިޓީގައި 17 ވަނަ ސާކް ސަމިޓް ބޭއްވުމަށްޓަކައި ސިފައިން ހިންގި ހާއްސަ އޮޕަރޭޝަނާއި، ސުނާމީ ކާރިސާގައި ބޯހިޔާވަހިކަން ގެއްލުނު ފަރާތްތަކުގެ ތެރެއިން ދާއިމީ ބޯހިޔާވަހިކަން އެންމެ ފަހުން ކަށަވަރުކޮށްދެވުނު ގއ. މާމެންދޫގައި ސިފައިން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގައި ފީލްޑް ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެ އެވެ. ކޮވިޑް-19 ގެ އާލަމީވަބާގެ ބޮޑު ކާރިސާގައި ރެއާއި ދުވާލު ސިފައިން ވަރުބަލިކަމެއްނެތި ދިވެހި ރައްޔިތުންނާއި ގައުމުގެ ހައްގުގައި ހިންގި ހާއްސަ އޮޕަރޭޝަންގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ހައިސިއްޔަތުން ކުރެއްވި ގައުމީ އަގުހުރި މަސައްކަތްތައް ވެސް ފާހަގަ ކޮށްލެވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ