ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް 368 އުންމީދުވާރުން ވާދަ އެބަކުރެއެވެ. ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުންނެވެ. އަންނަ ހޯމަ ދުވަހަކީ އިންތިހާބު އޮންނަ ދުވަހެވެ. އެދުވަހުގެ ވޯޓަށްފަހު މަޖިލީހުގައި ތިބޭނީ ކޮން ބައެއްކަން ސާފުވެގެން ދާނެއެވެ. މަޖިލީހަށް ހޮވޭ ނުވަދިހަ ތިން މެންބަރުން ތެރޭގައި ތިބީ ސަރުކާރުން ހޮވަން އުޅުނު މީހުންގެ ތެރެއިން ކޮން ބައެއްކަންވެސް އެނގިގެންދާނެއެވެ.
މަޖިލީހަށް ވާދަކުރާ މީހުންގެ ތެރޭގައި މަޖިލީހަށް ވައްދަން ހެޔޮނުވާނެ ވިއްސަކަށް މީހުން ތިބިކަމަށް ރައީސް މުއިއްޒުގެ އިސްވަޒީރު ފޮނަދޫ އަބްދުއްރަހީމް (އަދުރޭ) ބުނެފައިވެއެވެ. އަދުރޭ އެބުނާ ވިހި މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ބެލެވޭ ބައެއް މީހުން ފާހަގަ ކޮށްލުމުގެ މުހިންމުކަން ވަރަށް ބޮޑެވެ. ރައްޔިތުން އެމީހުނާ މެދު ސަމާލުވާން އެނގޭނީ އޭރުންތާއެވެ.
މަޖިލީހަށް ވަންދަން ހެޔޮނުވާނެ ކަމަށް އަދުރޭ އެބުނާ ވިހިމީހުންގެ ތެރެއިން ފާހަގަވާ ބައެއް މީހުން ސަބަބާއެކު ފާހަގަކޮށްލާނަމެވެ.
1. އަބްދުއްރަހީމް އަބްދުއްލާ (އަދުރޭ)
އަދުރޭ ވާދަކުރަން ނިކުމެ ހުރީ ލ. ފޮނަދޫ ދައިރާއަށެވެ. އަދުރޭއަކީ މަޖިލިސް މެންބަރުކަން ކުރިންވެސް ކޮށްފައިވާ މީހެކެވެ.
އަދުރޭއަކީ މަޖިލީހުގެ ތަޅުމުގައާއި މަޖިލީހުގެ މަސައްކަތުގެ ތެރޭގައި ރޯ އައުގުރާނަ ގޮވުމުގައި ލަދެއް ހަޔާތެއް ނެތް ހުތުރު ރެކޯޑެއް އޮތް މީހެކެވެ. ރައީސް ޔާމީނަށް ހޯދާދޭ ވެރިކަމެއްކަމަށް ރައީސް ޔާމީނަށް ވަފާތެރިންނަށް ދައްކައިގެން ރައްޔިތުންނަށް ދޯކާދީގެން މުއިއްޒަށް ވެރިކަން ހޯދާދިން ކާންދޭ އަތުގައި ދަތްއެޅި މައްކާރެކެވެ.
ރައީސް މުއިއްޒު ހައިޖެކްކޮށްގެން ސަރުކާރުގެ މަގާމުތަކަށް އަނބިދަރިންނާއި ގާތްތިމާގެ މީހުންނާއި ޅިޔަންފަހަރިންނާއި ރައްޓެހިން އިސްކުރުވައިގެން ދައުލަތް ދަވާލާ ހާއިނެކެވެ. އަމިއްލަ ދަރިއަށް ރާއްޖޭގެ އެންމެ ބޮޑު އެންމެ ނާޒްކު އިގްތިސޯދުގެ ވެރިކަން ދީގެން ދުނިޔޭގައި ރާއްޖޭގެ އަގުވައްޓާލާ ބަދުނާމުކޮށް ހަލާކުގެ ތެރެއަށް ވައްޓާލަމުންދާ ބޮޑު ޖާހިލެކެވެ. ދައުލަތުގެ ތިންބާރުން އެއްބާރު ކަމުގައިވާ މަޖިލީހުގެ ރައީސް ކަމަށް ފައިނަގައިގެން ހުރި ހީލަތްތެރި މުރައްކަބު ގައްދާރެކެވެ.
2. ފާތިމަތު ސައުދާ
ފާތިމަތު ސައުދާ ކުރިމަތި ލައިގެން އުޅެނީ ފ. ނިލަންދޫ ދާއިރާއަށެވެ. ސައުދާއަކީ ދާއިރާއާ އެއްވެސް ގުޅުމެއް ނެތް އަންހެނެކެވެ. ނިލަންދޫ ދާއިރާއަކީ ވަރަށް ކުރިއްސުރެ މައޫނިޒަމަށް ވަރަށް ބޮޑަށް ހުސްވެފައިވާ ދައިރާއެކެވެ. އެހެން ކަމުން ޑީއާރުޕީއާއި ޕީޕީއެމް ފިކުރުން މުޅި ދާއިރާ އޮންނަނީ ކަޅިވެފައެވެ. ނިލަންދޫ ދައިރާގައި އޮތް ރައީސް ޔާމީނުގެ ތާއިދު ހައިޖެކްކޮށްގެން ވެރިކަމަށް އައި މުއިއްޒު އެދައިރާގެ މައްޗަށް ވެރިވެ ގަތުމަށް އެއްބަނޑު ކޮއްކޮ ސައުދާ އެދާއިރާގެ މެންބަރު ކަމަށް އެއިނީ ނެރެފައެވެ.
ސައުދާއަށް އެދާއިރާގެ މެންބަރުކަން ހޯދާ ދިނުމަށްޓަކާ އެދާއިރާގައި މަޖިލީހަށް ވާދަކޮށްފާނެ ހުރިހާ އެންމެނަށް ސިޔާސީ މަގާމުތައް ދީގެން ވަނީ ފަހަތައް ޖައްސާފައެވެ. ވޯޓަކަށް ނުފޫޒެއް އޮވެދާނެހެން ހީވާހާ މީހަކަށް ވެސް ބޮޑެތި ސިޔާސީ މަގާމުތައް ވަނީ ދީފައެވެ. ދާދި ކައިރީގައި އެއަރޕޯޓެއް ނިމިނިމި އޮއްވާ އެމަސައްކަތް ހުއްޓާ ނިލަންދޫ ފަޅުގައި އެއަޕޯޓެއް އަޅަން ފެށީ ސައުދާއަށް ޓަކައެވެ.
3. މުހައްމަދު ޝިރުހާން
މުހައްމަދު ޝިރުހާނު ވާދަ ކުރަނީ ހިތަދޫ ދާއިރާއަށެވެ. ޝިރުހާނަކީ މަސްހޫރު ސާދާގަރު އާއްޓޭގެ ޕަޕެޓެކެވެ. އާއްޓެގެ މުއައްޒިފެކެވެ. ހިތާދޫ ދާއިރާއަށް ނިސްބަތްވާ މީހެއްނޫނެވެ. ވަންހަ ދިލަކޮޅު ދަރަވަންދޫއާއި ކޮންމެވެސް ވަރެއްގެ ގުޅުމެއް އޮތަސް ކުރިއަކުން މީހަކު ދަންނަ މީހެއްނޫނެވެ. އެކަށީގެންވާ ތައުލީމެއް ވަހަކަ ދެއްކުންތެރި ކަމެއްވެސް ނެތް ސިޔާސީގޮތުން އުޑެއް ބުޑެއް އެނގެ މީހެއްނޫނެވެ.
ޝިރުހާނުގެ ހުރިހާވެސް ބަރަކީ އާއްޓޭއެވެ. އާއްޓޭގެ މުއްސަދިކަމެވެ. މަޖިލީސް މެދުވެރިކޮށް ސަރުކާރުގެ ތެރެއިން އާއްޓޭ ބޭނުންވާ ފައިދާ ނެގުމަށް މަޖިލީހަށް ވައްދާ އާއްޓޭގެ ޕަޕެޓެކެވެ. ޝިރުހާނު ހޮވައިގެން ދާއިރާއަށް ލިބޭނެ މޮޅެއްނެތެވެ. ނަސިބު ކޫޕަންގެ ގޮތުގައި ހިތާދޫ ދާއިރާގެ ތިންރަށަށް ކެންޕޭނު މޫސުމުގައި ސައިކަލާއި ބައިސްކަލާއި އެއަރކޯނާ ރަށުޕިކަޕް ރިޝްވަތުގެ ގޮތުގައި ބަހައިގެން ހިންގާ ކެންޕޭނަކުން ފަސާދަނޫން ކަމެއް ނުފެތުރެއެވެ.
ރައީސް މުއިއްޒުގެ ކެންޑިޑެޓްގެ ގޮތުގައި ޝިރުހާނު ނެރެގެން މަޖިލިސް ހިސޯރު ކުރަން އާއްޓޭ އުޅޭއުޅުމަށް ރައްޔިތުން ތިބީ ވަރަށް ފާރަވެރިވެގެންނެވެ. ރޭގަޑު މެންދަމު ރަށްރަށަށް ގެންގޮސް އޮއްސާލާ ރަށުޕިކަޕް ތަކަކާއި ބައިސްކަލަކީ ވޯޓެއް ނޫނެވެ.
އިސްވެ ބުނެވިދިޔަ ތިން މީހުންގެ އިތުރަށް އަންނަނިވި މީސްމީހުންނަކީ ވެސް އަދުރޭ ބުނާގޮތުން މަޖިލީހަށް ވައްދަން ހެޔޮވާ ވަރުގެ ބައެއްނޫނެވެ. އެމީހުން މަޖިލީހަށް ވައްދަން ނުޖެހޭ ސަބަބުތަކަކީ ފާޅުކޮށް ފެންނަން ހުރިކަންކަމެވެ.
މަޖިލީހަށް ނުވައްދަން އަދުރޭ ބުނި 20 މީހުން!؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ