ހޯދަން އިއުލާނު ކުރި ޝަހީބު އަމިއްލަ އަށް ފުލުސް އޮފީހަށް ދިޔުމުން ހައްޔަރު ކޮށްފި

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ހޯދަމުން ދިޔަ ޝަހީބް އިބްރާހިމް 47، ލައިޓްހައުސް/ގއ. ވިލިނގިލި އަމިއްލަ އަށް ފުލުސް އޮފީހަށް ހާޒިރު ވެއްޖެ އެވެ.
ވީ ކިހިނެއް؟ - މީގެ ކުރިން މަސްތުވާތަކެތީގެ ބޮޑެތި އެކި މައްސަަތަކުގައި ހައްޔަރުކުރި ޝަހީބު ހޯދަން ފުލުހުން އިއުލާނު ކުރީ މިއަދު އެވެ.
ތަފްސީލް - ފުލުހުން މިރޭ ބުނީ ޝަހީބު މިރޭ އަމިއްލަ އަށް ފުލުހުންގެ މައި މަރުކަޒަށް ހާޒިރުވުމުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
 ޝަހީބު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނީ:
މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު6 އަށް އޭނާ ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރެއް އެބައޮތް ކަމަށް
އެނގުން މުހިންމު - ޝަހީބަކީ:
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރި މީހެއް
 އޭނާ ވަނީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ވާދަކޮށްފައި
 މި މައްސަލައިގެ އިތުރުން، އީރާނު ބޯޓަކުން އަތުލައިގަތް މަސްތުވާތަކެއްޗާ ވެސް އޭނާއާ ގުޅުން އޮތް ކަމަށް ފުލުހުން މީގެ ކުރިން ތުހުމަތުކޮށްފައިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ