މީޑިއާ ކޮންޓްރޯލު ގާނޫނުގެ ދަށުން އުފައްދާފައިވާ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން' (ކޮންޓްރޯލް ކޮމިޝަން)އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރުންގެ ތެރެއިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވި ލިސްޓުގައި ހިމެނޭ ފަރާތްތަކާ އިންޓަވިއުކޮށް، މާކްސް ދީފި އެވެ.
ވީ ކިހިނެއް؟ - ކޮންޓްރޯލް ކޮމިޝަނުގައި މީޑިއާތައް ތަމްސީލުކުރާ ހަތަރު މެންބަރުގެ ތަރޭ ހިމެނެނީ ބްރޮޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނެވެ. އޭގެ އިތުރުން ދެން ތިބޭނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެމްބަރުންނެވެ.
ތަފްސީލު - މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މަޖިލީހުން ފޮނުވި ލިސްޓުގައި ޖުމްލަ ނުވަ ނަމެއް ހިމެނެ އެވެ.
އޭގެ ތެރެއިން %75އަށް ވުރެ މަތިން މާކްސް ލިބުނު ތިން ފަރާތަކީ:
މުހައްމަދު ފުރުސަތު، ހ. ޓޫހާޓްސް (%90.50)
މިހާރު އުވާލާފައިވާ ބްރޯޑްކޮމްގެ ކުރީގެ ރައީސް ސަފާ ޝަފީގު، ބިއްލޫރިވިލާ/ދ. މީދޫ (%88.88)
ބްރޯޑްކޮމްގެ ކުރީގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި (%87.88)
މި ތިން ފަރާތް ކޮންޓްރޯލް ކޮމިޝަނަށް އައްޔަންކުރުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.
އެނގުން މުހިންމު - ކޮންޓްރޯލް ކޮމިޝަންގައި މީޑިއާތައް ތަމްސީލުކުރާ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ. އެ މަގާމުތަކަށް ކުރިމަތިލީ މެންބަރުންގެ އަދަދު އިންތިހާބު ކުރަން ޖެހޭ އަދަދަށް ސީދާ ހަމަވެފައިވާތީ ވާދަވެރި އިންތިހާބަކާ ނުލާ މީޑިއާތައް ތަމްސީލުކުރާ ހަތަރު މަގާމަށް މެމްބަރުން ވަނީ ހޮވިފަ އެވެ.
ބްރޯޑްކާސްޓަރުން ތަމްސީލު ކުރާ މެންބަރުންގެ ގޮތުގައި ކޮންޓްރޯލު ކޮމިޝަނަށް އައްޔަނު ކޮށްފައިވަނީ:
އަބްދުލް އަޒީޒު އިބްރާހިމް، ށ.ފޭދޫ/މޫނިމާގެ
ޒަމްއަތު އަހުމަދު ވަހީދު، މަލަ/ގދ.ތިނަދޫ
އެހެނިހެން މީޑިއާ ތަމްސީލު ކުރާ މެންބަރުންގެ ގޮތުގައި ކޮންޓްރޯލު ކޮމިޝަނަށް އައްޔަނު ކޮށްފައިވަނީ:
ސިމާހާ ނަސީމް، ވެލީގެ/ގދ. ރަތަފަންދޫ
ހުސެން ސަގީފް، ހިސާން/ހދ.ވައިކަރަދޫ
ބްރޯޑްކޮމްގެ ކުރީގެ ރައީސްއާ އެކު ތިން ނަމެއް ކޮމިޓީން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ