ފުލުހުން ދޯނިތަކަށް އެރީ މަސްވެރިންގެ އިހުތިޖާޖުގައި ބިދޭސީން އުޅޭތީ ކަމަށް ބުނެފި

މަސްވެރިންގެ އިހުތިޖާޖުގައި ބިދޭސިން ބައިވެރިވާކަން ފާހަވެފައިވާތީ އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވުމަށް ފަހު، ބިދޭސީން މަސައްކަތްކުރާކަން ފާހަގަވެފައިވާ ދޯނިތަކަށް ފުލުހުން އަރައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމުން، އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ.
ތަފްސީލް - އެ ދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އިހުތިޖާޖުގައި ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ ދޯނިތަކަށް ފުލުހުން ވަނީ އަރާފައި
ބައެއް މީހުން ފުލުހުންގެ ލޯންޗަށް ވެސް އަރުވާފައިވޭ
މިހާތަނަށް ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔަ ބިދޭސީންގެ އަދަދު އަދި ސާފެއް ނުވޭ
ގުޅުން ހުރި - އިހުތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވަމުން އައި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފު ޒާކިރު މަސްދޯންޏެއްގައި ހުންނަވަނިކޮށް ވަނީ ފުލުހުންގެ ލޯންޗަށް އަރުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ