ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ 12 އަދި 13ވަނަ ސެޓިފައިޑް ޓްރެއިނަރ ކޯހާއި 5ވަނަ ސީން އޮފް ކްރައިމް އޮފިސަރސް ބޭސިކް ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި މަހު 7 ވަނަ ދުވަހު އިސްކަންދަރު ބިލްޑިންގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދުއެވެ.
މި ރަސްމިއްޔާތުގައި، ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަަވާލުކޮށްފައިވާއިރު އކޯސްތަކުން ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް ހަނދާނީ ފިލާ ދީފައިވެއެވެ. މި ތިންކޯހުގެ ތެރެއިން،
މި ކޯސްތަކުގައި، ދިވެހި ފުލުހުންގެ ޚިދުމަތާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްއާއި، މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ހިމެނޭ ގޮތަށް 51 މުވައްޒަފުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.
ސީން އޮފް ކްރައިމް ބޭސިކް ކޯހަކީ ތަހުގީގުތަކަށް ބޭނުންވާ މާއްދީ ހެކި ކުށުގެ ވެށިން ދެނެގަނެ، އެ ތަކެތި ތަހުލީލުކުރުމަށް ރައްކާތެރިކަމާއެކު ބަންދުކޮށް ފޮރެންސިކް ލެބޯޓްރީތަކާ ހަމައަށް ފޯރުކޮށްދިނުމަށް ބޭނުންވާ ފަންނީ ހުނަރު އުނގަންނައި ދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ކުށުގެ ވެށިން މާއްދީ ހެކި ނަގައި ބަންދުކޮށް، އެ ތަކެތި ތަހުލީލުކުރާ ފަރާތްތަކާ ހަމައަށް ގެންދިއުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ކިޔަވައިދީފައިވެއެވެ.
މި ކޯސްތަކުގެ ތެރެއިން 12ވަނަ ސެޓިފައިޑް ޓްރެއިނަރ ކޯސް ކުރިއަށް ގެންގޮސްފައި ވަނީ މި އަހަރުގެ ޖުލައި 6 އިން 17 އަށެވެ. 13ވަނަ ޓްރެއިނަރ ކޯސް ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓު 17 އިން 28 އަށެވެ. ސީން އޮފް ކްރައިމް އޮފިސަރސް ބޭސިކް ކޯސް ކުރިއަށް ގެންގޮސްފައިވަނީ ޖޫން 15 އިން ޖުލައި 20 އަށެވެ.
އެޗްއާރުސީއެމްގެ މެންބަރު ކަމަށް 2 ބޭފުޅަކު އައްޔަންކުރައްވައިފި އެމްޑީޕީގެ މެންބަރުން ފިނޭންސް މިނިސްޓްރީގެ ތެރެއަށް ވަދެގެންފި މަރަދޫފޭދޫއަށް މިއަދު ހެނދުނު ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ‘ރައްކާ’ ޕްރޮ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ