މި މަހުގެ 13 ވަނަ ދުވަހު ހެނދުނު ހެނދުނާ ރައީސް މުހައްމަދު މުއިއްޒު އެ މަނިކުފާނުގެ އެކްސްގައި ޕޯސްޓެއް ކުރެއްވި އެވެ. އެ މަނިކުފާނު އިއުލާން ކުރެއްވީ ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ނުހިންގާ ވަރުގެ ބޮޑު، ފުޅާ އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންގެ މައްޗަށް އަމުރުކުރެއްވި ކަމަށެވެ.
ޑްރަގު ވަބާއާ ދެކޮޅަށް ހިންގި އެ އޮޕަރޭޝަންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 100އަށް ވުރެ ގިނަ ތަންތަން ބަލައި ފާސް ކުރާނެ ކަމަށް ރައީސް އިއުލާން ކުރެއްވި އެވެ. އަދި މި އޮޕަރޭޝަންގައި 500އަށް ވުރެ ގިނަ ފުލުހުން ބައިވެރިވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ފުލުހުންނާއި ހޯމް މިނިސްޓްރީން އެ ދުވަހު މެންދުރު ހާމަ ކުރި ގޮތުގައި 100އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރި އެވެ. އެ އެންމެންނަކީ ވެސް ޑްރަގު އޮޕަރޭޝަންގައި އުޅޭ މީހުން ކަމަށް އެ ތަނުން ބުންޏެވެ.
މިހާރު މި އޮޕަރޭޝަން ހިންގިތާ ދެ ހަފްތާއެއްހާ ދުވަސްވީ އެވެ. މުޅި އޮޕަރޭޝަންގެ ތަފްސީލު ހޯދުމަށް މިދިޔަ ހަފްތާއިން ފެށިގެން ނޫސްވެރިން މަސައްކަތް ކުރި ނަމަވެސް ފުލުހުން އޭގެ ތަފްސީލެއް ނުދެ އެވެ. ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ހިންގި މިފަދަ ބޮޑު އޮޕަރޭޝަނެއްގެ މައުލޫމާތު ފުލުހުން ސިއްރު ކުރަނީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގެ އެވެ. މުޅި އޮޕަރޭޝަން މިހާރު އޮތީ އާންމުންނަށް 'ވާނުވާ'އެއްގަ އެވެ.
ހައްޔަރު ކުރި އެންމެން ތިބީ 'ވާނުވާ' ބަންދެއްގައިތޯ ނުވަތަ އެންމެ ދޫކޮށްލީތޯ އޮތީ ވެސް 'ވާނުވާ'އެއްގަ އެވެ. ހައްޔަރު ކުރި އެކެއްގެ ވަނަވަރެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އެ މީހުން އަތުން ފެނުނު އެއްޗެއްހީގެ މާ ބޮޑު މައުލޫމާތެއް ވެސް ނުދެ އެވެ.
ފުލުހުން ހިންގި ޑްރަގު ބޮޑު އޮޕަރޭޝަން 'ވާނުވާ'އަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ