ވޯލްޑް ޓްރެވަލް އެވޯޑްސްގެ ބާނީ ގްރަހަމް ކުކް ވިދާޅުވީ، އިންޑިއާ ކަނޑާއި، އޭޝިއާ އަދި އޯޝޭނިއާގެ ވަނަތައް ހާސިލުކުރާ ފަރާތްތައް އެއް ހަފްލާއަކަށް ދަޢުވަތުދިނުމަކީ، ރާއްޖެއިން ބައިނަލްއަޤްވާމީ ދާއިރާގައި ދައްކަމުންދާ ނުފޫޒާއި ހަރަކާތްތެރިކަން ރަމްޒުކޮށްދޭ ވަރުގަދަ ފުރުޞަތެއް ކަމަށެވެ.
"ކްރޮސްރޯޑްސް މޯލްޑިވްސްއަކީ ފަތުރުވެރިކަމުގެ މުސްތަޤުބަލު ބައްޓަންކުރާ އައު އީޖާދުތަކާއި އުންމީދުތައް ފުރިހަމައަށް ދައްކުވައިދޭ ތަނެއް" އޭނާ ވިދާޅުވިއެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި ތަފާތު ތިން ރިސޯޓެއް ކަމަށްވާ ސައި ލެގޫން މޯލްޑިވްސް، ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އަދި އެސްއޯ/ މޯލްޑިވްސް ހިމެނެއެވެ. ސައި ލެގޫން މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު އެލެގްޒެންޑަރ ޓްރޭގާ ވިދާޅުވީ، ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަހު މިފަދަ ޝަރަފުވެރި އެވޯޑް ހަފުލާއެއް ކްރޮސްރޯޑްސްގައި ބޭއްވުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.
ރާއްޖޭގައި އެންމެ ފަހުން ވޯލްޑް ޓްރެވަލް އެވޯޑްސް ބާއްވާފައިވަނީ 2017 ވަނަ އަހަރުއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި އެވޯޑުގައި ފާއިތުވި ހަ އަހަރު ރާއްޖެއަށް ވަނީ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން"ގެ ޝަރަފު ލިބިފައެވެ. ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވީ، މި ގާލާ ސެރެމަނީގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މެހެމާންދާރީގެ އިތުރުން، ޒިންމާދާރު އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ރާއްޖެއިން ކުރާ މަސައްކަތް ދުނިޔެއަށް ދައްކާލުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ބޮޑު ހަފްލާ ރާއްޖޭގައި ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ