ކަނޑު ގަދަވާނެކަމަށް ލަފާކޮށް އުތުރާއި މެދުރާއްޖެތެރެއަށް ވައިޓް އެލާޓް

ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ ރާއްޖޭގެ އެންމެ އުތުރުން ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް މިއަދު މެންދުރު 12:00 އިން ފެށިގެން މިއަދު ހަވީރު 6:00 އަށެވެ.
އެ އިދާރާއިން ބުނީ މި ވަގުތުތަކުގައި އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށެވެ.
އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
މިއަދުގެ މޫސުން ލަފާކޮށްފައިވާގޮތަށް ބަލާއިރު މެޓުން ބުނީ މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށްވެސް ބުނެފައިވެއެވެ.
މީގެއިތުރުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކޮށް މެޓުން ބުނީ ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގައިކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ