އެންމެ ގިނަ ދުވަސްވީ ދިވެހި އޮޕަރޭޝަން ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ، ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ވަހީދު އުމުރުފުޅުން 65 އަހަރުގައި އަވަހާރަވެއްޖެއެވެ.
ޑރ. އަބްދުﷲ އަވަހާރަވީ ނިއުމޯނިއާގެ އާލާސްކަންފުޅަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފަރުވާ ހޯއްދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ އިތުރުން އައިޖީއެމްއެޗް ހިންގުމުގައިވެސް ދުވަސްކޮޅަކަށް ހުންނެވި އޭރުގެ މަޝްހޫރު ސާޖަން ޑރ. އަބްދުﷲ ވަހީދަށް ސްޓްރޯކެއް ޖެހުމާ ގުޅިގެން ހުންނެވީ ފީލްޑާ ދުރުގައެވެ.
އޭގެ ފަހުން އާލާސްކަފުޅާ އުޅުއްވާތީ ސިއްހީ ކަންތައްތަކުގައި އަމަލީ ގޮތުން ނޫޅުއްވައެވެ.
ޑރ. އަބްދުﷲ ވަހީދު ވަނީ ޕޮލިސް އިންޓެރްގްރިޓީ ކޮމިޝަންގެ ރައީސްކަންވެސް ކުރައްވައިފައެވެ. އަދި އޭގެކުރިން ވަނީ ހެލްތު މިނިސްޓްރީގައި ޑިރެކްޓަ ޖެނެރަލް އޮފް ހެލްތު ސާވިސަސްގެ މަގާމުވެސް ހަ އަހަރު ވަންދެން ފުރުއްވައިފައެވެ.
އޭނާއަކީ ކަރުންމަތީގެ ހާއްސަ ޑޮކްޓަރު މުހައްމަދު ވަހީދުގެ ކޮއްކޯފުޅެވެ. ޑރ. މުހައްމަދު ވަހީދު ވަނީ މީގެ އަހަރުތަކެއް ކުރިން އަވަހާރަވެފައެވެ.
ޑރ. އަބްދުﷲ ވަހީދު އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ފިރިހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.
ޑރ. އަބްދުﷲ ވަހީދު އަވަހަރާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ