މ. ނާލާފުއްޓާއި ލ. މާބައިދޫގެ ޒަމާންވީ އިންޖީނުގެ ނިއްވާލައި, ޒަމާނީ އާ އިންޖީނުގެއަކުން ކަރަންޓު ދޭން ފަށައިފި އެވެ.
މ. ނާލާފުށީގައި 23 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުންދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލާއި އާ އިންޖީނުގެއަކުން ކަރަންޓު ދޭން ފެށީ މިއަދުގެ މެންދުރުފަހު 2:35 އިން ފެށިގެންނެވެ.
މާބައިދޫގައި ހުރި އިންޖީނުގެއަކީ 38 އަހަރުވެފައިވާ ޒަމާންވީ އިންޖީނުގެއެކެވެ. އެ އިންޖީނުގެ ނިއްވާލައި, އާ އިންޖީނުގެއިން ކަރަންޓު ދޭން ފެށީ މިއަދު މެންދުރުފަހު 3:52 އިން ފެށިގެންނެވެ.
ފެނަކައިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޅ. އޮޅުވެލިފުށީގައި ހުރި 28 އަހަރުވީ އިންޖީނުގެއާއި އެ އަތޮޅު ކުރެންދޫގައި ހުރި 18 އަހަރުވީ އިންޖީނުގެ ނިއްވާލައި އާ އިންޖީނުގެއިން ކަރަންޓު ދޭން ފަށައިފަ އެވެ.
އަދި ހަމަ އެ މަހުގައި ހއ. މޮޅަދޫގައި ހުރި 13 އަހަރު ކުރީގެ އިންޖީނުގެވެސް ނިއްވާލައި ޒަމާނީ އިންޖީނުގެއަކުން ހިދުމަތް ދޭން ވަނީ ފަށައިފަ އެވެ.
ނާލާފުއްޓާއި މާބައިދޫގެ ވީރާނާ ވެފައި ހުރި އިންޖީނުގެ ނިއްވާލައި, ޒަމާނީ ބޮޑު އިންޖީނުގެއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ