"ލޭކޮކާ ހަވީރު 2022"ގެ ނަޞީބުވެރިންނަށް އިނާމް ހަވާލުކޮއްފި

ލޭކޮކާ މެޑިކަލް އެންޑް ރިހެބިލިލިޓޭޝަން ސެންޓަރ އިން ބޭއްވި "ލޭކޮކާ ހަވީރު 2022" ގެ ނަޞީބުވެރިންނާ އެ ކްލިނިކްގެ ފަރާތުން އިނާމު ހަވާލުކޮށްފިއެވެ.
ލޭކޮކާއިން ބުނީ، އާދިއްތަ ދުވަހުގެރޭ މަޖީދިއްޔާ ސްކޫލްގައި ބޭއްވުނު ހަފުލާއެއްގައި 'ލޭކޮކާ ހަވީރު 2022' ކާމިޔާބު ހަރަކާތެއްގެ ގޮތުގައި ހެދުމަށްޓަކައި މަސައްކަތް ކޮށްދެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ހަވާލު ކުރެވުނު އިރު، ވޮލަންޓިއަރސް ގެ ގޮތުގައި މުހިންމު ދައުރެއް އަދާކުރެއްވި 45 ފަރާތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްފައިވާ ކަމަށެވެ.
އަދި މިހަވީރުގެ ނަސީބުވެރިންގެ ގޮތުގައި ހިމެނޭ 11 ފަރާތަކަށް އިނާމު ހަވާލު ކުރެވުނުއިރު، މި އިނާމުތައް ހަދިޔާ ކުރެއްވި ފަރާތްތައް ކަމުގައިވާ މޯލްޑިވިއަން، އެރޭނާ ހޮޓެލްސް، ރޯޒީ ވިލާ، ޕޮއިސް ޕަރފިއުމް، ޕޮއިސް ޕްރީމިއަމް، ބަނާނާ ލީފް، ލަވޭރާ ޕިއްޒާ، ޕިއްޒާ ބޯނާ އަދި މީގެ އިތުރުން ފެސްޓިވޯ އިންސްޓިޓިއުޓް އޮފް އާރޓް އެންޑް ޑިޒައިން އަށް ޝުކުރު އަދާކޮށްފައިވެއެވެ.
އަދި މި އިވެންޓުގެ ޑިޖިޓަލް ޕާރޓްނަރެއްގެ ގޮތުގައި ދިރާގު އަދި މީޑިއާ ޕާރޓްނަރެއް ގެ ގޮތުގައި ވީޓީވީ މަސައްކަތް ކުރެއްވިކަން ފާހަގަ ކުރައްވާފައިވެއެވެ.
މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ޚިދުމަތް ދިނުމަށް ފެށި 'ލޭކޮކާ މެޑިކަލް އެންޑް ރިހެބިލިޓޭޝަން ސެންޓަރ' އަކީ ނަފްސާނީ ބަލިތަކަށް ޙާއްސަކޮށް ފަރުވާ ދިނުމަށް އަމާޒުކޮށް ހުޅުވުނު ސެންޓަރ އެއް ނަމަވެސް، މި ސެންޓަރުން އަންނަނީ ނަފްސާނީ ދުޅަހެޔޮ ކަމާ ގުޅޭ އެކިއެކި ހޭލުންތެރި ކުރުވުމުގެ ސެޝަންތައް ވެސް ކުރިއަށް ގެންދަމުންނެވެ.
އޮފީސްތަކުގެ މަސައްކަތުގެ މާހައުލާއި އެހެނިހެން އާންމު ދިރިއުޅުންތަކުގައި ދިމާވާ އެކިއެކި ކަންކަމަށް އަމާޒުކޮށް މި ސެންޓަރ އިން 'ސްޓެރެސް ބަޑީ' ގެ ގޮތުގައި ކުރިއަށް ގެންދާ ޕްރޮގްރާމަކީ ގިނަބައެއްގެ މެދުގައި މަޤުބޫލު ޕްރޮގްރާމެކެވެ.
'ލޭކޮކާ މެޑިކަލް އެންޑް ރިހެބިލިޓޭޝަން ސެންޓަރ'ގެ މެނޭޖިންގ ޕާރޓްނަރ އަލްފާޟިލް އަޙުމަދު އަހުސަން ވިދާޅުވި ގޮތުގައި އެ ސެންޓަރުން މިހާރު ވަނީ ކައުންސިލިންގެ އިތުރުން އެކިއެކި އެސެސްމެންޓްތައް ހަދައިދޭން ފަށާފައެވެ. އަދި މެޑިކަލް ޑޮކްޓަރުންނަށް ދެއްކުމުގެ ޚިދުމަތްވެސް ދެމުން އަންނަ ކަމަށާއި، ވަރަށް އަވަހަށް ސްޕީޗް ތެރަޕީ ގެ ޚިދުމަތް ލިބިގެންދިޔުމުގެ އިތުރުން އެ ސެންޓަރގެ އެކިއެކި ޚިދުމަތްތަކަށް ވަރަށް އަވަހަށް އާސަންދަ ލިބިގެންދާނެ ކަންވެސް ފާހަގަ ކުރައްވާފައިވެއެވެ.
'ލޭކޮކާ ހަވީރު 2022' ގެ ކާމިޔާބީ އާއިއެކު ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތީން މި އަންނަ އަހަރު 'ލޭކޮކާ ހަވީރު 2023' މިއަށްވުރެ ކުލަ ގަދަކޮށް ކުރިއަށް ގެންދިއުމަށް ރާވަމުން އަންނަކަމަށް އެ ސެންޓަރުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ