ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓް: މަޑުނުކޮށް ދިޔަ ދޯނި އަދިވެސް ނުފެނޭ
މާލޭގެ ރަސްމީ ފާލަމާ ދިމާލުން ކަނޑުމަތީގައި ރޭ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓަށް ފަހު، މަޑުނުކޮށް ދިޔަ ދޯނި އަދިވެސް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ. މި ހާދިސާ ހިނގާފައި ވަނީ ރޭ 21:10 ހާއިރު ކަމަށް މެރިން ޕޮލިހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނި ގޮތުގައި، "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗެއް އެކްސިޑެންޓްވެގެން މާލޭގެ އިއްޒުއްދީން ފާލަން ކައިރިއަށް ކައިރިކޮށްފައިވާ ކަމުގެ ރިޕޯޓު ލިބުނީ ރޭ 21:16 ހާއިރުއެވެ. މި އެކްސިޑެންޓުގައި ހިމެނޭ އަނެއް އުޅަނދު ވަނީ ހާދިސާއަށްފަހު މަޑުނުކޮށް ފިލާފައެވެ. އެ އުޅަނދު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. https://sun.mv/224451 މި ހާދިސާގައި ޖުމުލަ ފަސް މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ. އެކްސިޑެންޓުވި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުންނާއި ވީޑިއޯތަކުން އެނގެއެވެ. https://sun.mv/224451 އެކްސިޑެންޓުވި "ލީޖަން 1" ލޯންޗުގެ އެއްފަޅި ވަރަށް ބޮޑަށް ހަލާކުވެ، ސީޓުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން މެރިން ޕޮލިހުންނާއި ފުލުހުންގެ ތަހުގީގު ޓީމުން ދަނީ އިތުރަށް ބަލަމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި ފަހަކަށް އައިސް ކަނޑުމަތީގައި ހިނގާ މިބާވަތުގެ އެކްސިޑެންޓުތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ މަހުގެ ދެވަނަ ދުވަހު ސަޕްލައި ދޯންޏަކާއި ލޯންޗެއް ޖެހި ވަނީ ނުރައްކާތެރި އެކްސިޑެންޓެއްޓެން ހިނގާފައެވެ. https://sun.mv/222762 ލޯންޗާއި ސަޕްލައި ދޯނި ޖެހި ހިނގި މި އެކްސިޑެންޓަށް ފަހު މަޑުނުކޮށް ދޯނި ދިޔަ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އެހެން ނަމަވެސް ފަހުން އެ ގޯނި ހޯދާ މަޑުނުކޮށް ދިޔަ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ. މި ހާދިސާ ހިނގަން މެދުވެރިވާ ސަބަބުންތައް ބަލަމުން އަންނަ ކަމަށް، ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ