ސޯނީ ހާޑްވެއާ އިން ސަރަހައްދީ އެންމެ ބޮޑު އެއް ސިމެންތި ކުންފުނި ކަމަށްވާ އެސްސީޖީއާ ގުޅިގެން "އެސްސީޖީ ސިމެންތި" ރަސްމީކޮށް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ހަފްލާއެއްގައި އެ ސިމެންތި ވަނި ރަސްމީކޮށް ރާއްޖޭގެ ބާޒާރަށް ނެރެފަ އެވެ. އެ ހަފްލާގައި ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގެ އިސް ބޭފުޅުންނާއި، ވިޔަފާރިވެރިންނާއި، ކުންފުނިތަކުގެ ވެރިންގެ އިތުރުން ސޯނީ ހާޑްވެއާގެ މެނޭޖްމަންޓާއި އެސްސީޖީ އިންޓަނޭޝަނަލްގެ ހާއްސަ މަންދޫބުން ބައިވެރިވި އެވެ.
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
MU STORE
MU STORE
ސޯނީ ހާޑްވެއާގެ މެނޭޖިން ޑައިރެކްޓަރު މޫސާ ކަލީމް ވިދާޅުވީ، މި ބައިވެރިވުމަކީ ކުންފުންޏަށް ލިބުނު ބޮޑު ކުރިއެރުމެއްގެ އިތުރުން އިމާރާތްކުރާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.
އަދި ސޯނީ ހާޑްވެއާގެ އުފެއްދުންތަކުގެ ތެރެއަށް އެސްސީޖީ ސިމެންތި އިތުރުވެގެން ދިއުމާއެކު، ރާއްޖޭގައި ކުރެވޭ އިމާރާތްކުރުމުގެ މަސައްކަތްތަކަށް އިތުރު ފަސޭހަކަމާއި، ފެންވަރު ރަނގަޅުވުމުގެ އިތުރުން އިތުބާރު ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އޭގެފަހުން، އެސްސީޖީގެ ސީނިއާ މާކެޓިން އެކްޒެކެޓިވް މިސްޓާ ޖޭ ވަނީ އެސްސީޖީ ސިމެންތިއާ ބެހޭ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އޭނާގެ ހުށަހެޅުމުގައި، މި ސިމެންތީގެ ހުރި ހާއްސަ ސިފަތަކާއި، ވަރުގަދަކަމުގެ އިތުރުން ޒަމާނީ އިމާރާތްކުރުމުގެ މިންގަނޑުތަކަށް މި އުފެއްދުން ފެތޭގޮތުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
މި ހަފްލާ ނިންމާލާފައިވަނީ ދެ ކުންފުނީގެ ދެމެދުގައިވި އާ ބައިވެރިވުން ފާހަގަކޮށް، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގެ ކުރިމަގާ މެދު މަޝްވަރާކޮށް ގުޅުން ބަދަހިކުރުމަށް ބޭއްވުނު ހާއްސަ ނެޓްވޯކިން ހަރަކާތަކުންނެވެ.
ކޮލިޓީ އެސްސީޖީ ސިމެންތި ސޮނީ ހާޑްވެއާއިން ރާއްޖޭގެ ބާޒާރަށް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ