އީރާންގެ އިންސާނީ ހައްގުތަކުގެ މައްސަލަތައް ބެލުމުގައި އިސްކޮށް ހުންނަވާނެ ބޭފުޅެއްގެ ގޮތުގައި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އިއްޔެ ކަނޑައަޅައިފި އެވެ.
'ސްޕެޝަލް ރެޕަޓުއާ އޮން ސިޗުއޭޝަން އޮފް ހިއުމަން ރައިޓްސް އިން އީރާން' ގެ މަގާމަށް ޝަހީދު ހަމަޖައްސާފައިވާ އިރު އެ މަގާމަކީ އެމެރިކާގެ އިސްނެގުމުގެ މަތިން މާޗް 24 ވަނަ ދުވަހު ފާސްކުރި ގަރާރެއްގެ ދަށުން އުފައްދާފައިވާ މަގާމެކެވެ. އެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ޒިންމާގައި ހިމެނޭ ކަންތައް ފުރިހަމަކުރުމަށް އީރާނަށް ގޮސް ބޭނުންވާ މައުލޫމާތު ހޯދުމުގައި އީރާނުން ފުރިހަމަ އެއްބާރުލުން ދިނުމަށް ގަރާރުގެ ދަށުން އީރާންގެ މައްޗަށް ލާޒިމުކުރެ އެވެ.
އީރާންގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ ހޯދުންތައް، ސެޕްޓެމްބަރު މަހު އޮންނަ އދ.ގެ އާންމު މަޖިލީހަށް ހުށަހެޅުމާއި ފުރިހަމަ ރިޕޯޓެއް އެކުލަވާލުމަށް ފަހު 2012 ވަނަ އަހަރުގެ މާޗް މަހު ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހެޅުމުގެ މަސައްކަތް ވެސް ޝަހީދާ ވަނީ ހަވާލުކޮށްފަ އެވެ.
ޝަހީދު ވިދާޅުވީ އޭނާ އެ މަގާމަށް ކަނޑައެޅުމުން، ދޭހަވަނީ ބައިނަލްއަގުވާމީ މައިދާނުގައި މިދިޔަ ފަސް ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ ހޯދާފައިވާ ކުރިއެރުމާއި އިންސާނީ ހައްގުތަކުގެ ދާއިރާ އިން ހޯދި ކުރިއެރުން ކަމަށެވެ.
އީރާންގެ އިންސާނީ ހައްގުތަކުގެ މައްސަލަ ބަލާ ވެރިޔަކަށް ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ