ޕީޕީއެމް ހިންގުމުގެ ބާރު އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕީޕީއެމް އާއި ދެކޮޅަށް ސިވިލް ކޯޓަށް ހުށައެޅުއްވި މައްސަލަ ބޭރުކޮށްލައިފިއެވެ.
ސިވިލް ކޯޓުން މި މައްސަލައިގައި މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، ރައީސް މައުމޫން ހުށަހެޅުއްވި މައްސަލައިގައި ހިމެނޭ ކަންކަމަކީ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް ކުރިން ކުރި ހުކުމުގައި ގޮތެއް ކަނޑައަޅާފައިވާ ކަންތައްތަކެއް ކަމަށެވެ.
އަދި މީގެކުރިން ކުރި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ތާއީދު ކޮށްފައިވާތީ، އެ މައްސަލަ އަލުން ބެލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް، ހުކުމުގައި ބުނެފައިވެއެވެ.
ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ބާއްވަން، ކޯޓުން ކުރި އަމުރުގެ ދަށުން ބޭއްވި، ބައްދަލުވުމުގައި ވަނީ ޕީޕީއެމް ހިންގުމުގެ ހުރިހާ ބާރެއް ރައީސް ޔާމީން އާއި ހަވާލުކުރަން ނިންމާފައެވެ.
ސިވިލް ކޯޓަށް ރައީސް މައުމޫން ހުށައެޅުއްވި މައްސަލަ ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ