މެމްބަރު އަރީފް އެމްޑީއޭގެ މެމްބަރުކަމުން ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދައިރާގެ އެމްޑީއޭގެ މެމްބަރު ހުސެއިން އަރީފް އެ ޕާޓީން ވަކިކޮށްފި އެވެ.
 
މެމްބަރު އަރީފް އެމްޑީއޭގެ މެމްބަރުކަމުން ވަކިކުރަން ނިންމީ ބުރާސްފަތި ދުވަހު ހަވީރު ބޭއްވި އެޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ބައްދަލުވުމުނެވެ. އެމްޑީއޭގެ މެމްބަރުކަމުން އަރީފް ވަކިކުރަން ނިންމާފައި ވަނީ ރައީސް މައުމޫން ފެކްޝަނަން ތާއިދުކޮށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ދަނިކޮށެވެ،
 
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތެރޭގައިވެސް ހުސެއިން އަރީފް ހިމެނިވަޑައިގަންނަވައެވެ.
 
އަރީފް އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ. އެހެން ނަމަވެސް އޭނާ ވަނީ އޭގެ ފަހުން ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ފަހު އެ ޕާޓީން ވެސް  ވަކިވެވަޑައިގެންފައެވެ. އޭގެ ފަހުން އޭނާ ވަނީ އެމްޑީއޭއާ ގުޅިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ