އޭސީސީގެ މެމްބަރު ކަމަށް 30 މީހަކު ކުރިމަތިލި

މިހާރު ހުސްކަމެއްގައި އޮތް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މެމްބަރު ކަމަށް އަލަށް ކުރިމަތިލި މީހުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަންނަވާ ނަންތައް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލިހަށް ފޮނުވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
އޭސީސީ ހުސްކަމަކަށް ދިޔައީ ކުރިން ތިއްބެވި ހުރިހާ މެމްބަރުން ޑިސެމްބަރު މަހުގެ ތެރޭގައި އިސްތިއުފާ ދެއްވުމުންނެވެ. އެތަނަށް މެންބަރުން އައްޔަންކުރަން ގާނޫނުގައި އޮންނަ ދެ މަސް ދުވަހުގެ މުއްދަތު ވެސް ވަނީ ހަމަވެފަ އެވެ.
އޭސީސީގެ މެމްބަރު ކަމަށް އަލުން ހުޅުވައިލުމުން 30 މީހަކު ކުރިމަތިލާފައިވެ އެވެ.
ރައީސް އޮފީހުން ބުނީ އެ ނަންތައް މިހާރު ދިރާސާކޮށް، މަޖިލީހަށް ފޮނުވާނެ ނަންތައް ފައިނަލްކުރުން ކުރިއަށްދާ ކަމަށެވެ. އެކަމަކު މަޖިލީހަށް ފޮނުވާނެ ސީދާ ތާރީހެއް ހާމައެއްނުކުރެ އެވެ.
އޭސީސީ އަކީ ފަސް މެމްބަރުން ތިބެން ޖެހޭ ތަނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ