ރަސްމީ ދަތުރުފުޅެއްގައި ނަޝީދު ސީޝެލްސް އަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސް އަށް މިއަދު ފުރާވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.
މަޖިލީހުގެ އިދާރާ އިން ބުނީ ނަޝީދު ސީޝެލްސްއަށް ކުރައްވާ މިދަތުރުފުޅަކީ، ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ރޮޖަރ މަންސިއެންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅަކީ މި މަހުގެ 28ވަނަ ދުވަހާ ހަމައަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރާތްކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާއެއެކު ރަސްމީ ބައްދަލުކުރެއްވުމެއް ބާއްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ކުރިއެރުމަށް އެކުއެކީގައި މަސައްކަތްކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވައި އެކަންކަމާމެދު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ