މައުމޫން ފައުންޑޭޝަނުން ސްކޮލަރޝީޕްގެ 10 ފުރުސަތު ހުޅުވާލައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފައުންޑޭޝަނުން މި އަހަރުވެސް ސްކޮލަރޝިޕްގެ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.
ދިވެހި ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައި ދިނުމުގެ ގޮތުން، މިއަހަރު ހުޅުވާލާފައި ވަނީ 10 ފުރުސަތެވެ. މިއީ އެ ފައުންޑޭޝަންގެ ފަރާތުން ހުޅުވާލެވޭ ޕާޓް-ފަންޑެޑް ސްކޮލަރޝިޕްތަކެކެވެ.
މިއަހަރު ހުޅުވާލެވޭ ސްކޮލަރޝިޕްގެ ފުރުސަތުތަތަކީ އިންޑިއާގެ ބެންގަލޫރް ގާޑަން ސިޓީ ކޮލެޖުން ފަސް ދާއިރާތަކުން ތައުލީމް ހާސިލް ކުރުމުގެ ފުރުސަތުތެކެވެ. މީގެ ތެރޭގައި، ބެޗްލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗްލަރ އޮފް ބަޔޯ ޓެކްނޮލޮޖީ، ބަޔޯ ކެމިސްޓްރީ، ޖެނިޓިސް، ބެޗްލަރ އޮފް ފިޒިއޮތެރަފީ، ބެޗްލަރ އޮފް ކޮމްޕިއުޓަރ އެޕްލިކޭޝަން، މާސްޓަރ އޮފް ޓުއަރިޒަމް އެންޑް ޓްރެވެލް މެނޭޖްމެންޓެވެ.
މައުމޫން ފައުންޑޭޝަނުން ބުނީ، ކޯސްތަކަށް ކުރިމަތިލާން ބޭނުްނވާ ފަރާތްތަކަށް މައުމޫން އޮފީހުން އެޕްލިކޭޝަން ފޯމް ލިބޭނެ ކަަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ