އަމުރަށް ތަބާ ނުވާން ޖޭއެސްސީން ނިންމި ނިންމުމަކީ ޢައިރުޤާނޫނީ ނިންމުމެއް: ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާއި މެދު އެއްވެސް ފިޔަވަޅެއް ނާޅާ މަޑު ކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް ތަބާ ނުވާން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖީއެސްސީ) އިން ނިންމި ނިންމުމަކީ ޢައިރު ގާނޫނީ ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ. ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައެޅީ މިއަދު އެ ކޯޓުން ނެރުއްވި އަމުރެއްގައެވެ. އެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން މި މަހުގެ 13 ވަނަ ދުވަހު ޖޭއެސްސީން ބޭއްވި އެ ކޮމިޝަނުގެ ކުއްލި ބައްދަލުވުމުގައި ސުޕްރީމް ކޯޓުގެ ނަންބަރު 2019 އޮބްލިކް އެސްސީ ހައިފަން ވީއޭ ހައިފަން ޖޭ އޮބްލިކް ސުމެއް ދޭއް އަމުރަކީ ޤާނޫނުއަސާސީގެ ސަތޭކަ ފަންސާސް ނުވަވަނަ މާއްދާގެ (ށ) އަދި ޖޭއެސްސީގެ ދުސްތޫރީ އަދި ޤާނޫނީ ވާޖިބަށް ހުރަސް އަޅާ އަމުރެއް ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ހަތް މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމި ނިންމުމަކީ ސުޕްރީމް ކޯޓުގެ އަމުރަށް ގޮންޖަހައި، ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ނިންމި ޣައިރުޤާނޫނީ ނިންމުމެއް ކަމަށެވެ. އަދި ޖޭއެސްސީގެ އެ ނިންމުމުގެ މައްޗަށް ބިނާކޮށް އެ ކޮމިޝަނުން ނިންމާ ކޮންމެ ނިންމުމަކީ އޭގެ މައްޗަށް ޝަރުއީ އަދި ޤާނޫނީ އެއްވެސް ނަތީޖާއެއް ތަރުތީބުވެގެން ނުދާނެ ޣައިރު ދުސްތޫރީ އަދި ޣައިރުޤާނޫނީ ނިންމުމެއް ކަމަށް ވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ކަނޑައަޅާފައެވެ. ސުޕްރީމް ކޯޓުން މިއަދު ނެރުނު އެ އަމުރަކީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރަން ޖޭއެސްސީން ނިންމި ނިންމުން ހުއްޓުވަން އެ ކޯޓުން ނެރުނު އަމުރު ޤަބޫލު ނުކުރުމުން ނެރުނު އަމުރެކެވެ. ފަނޑިޔާރު ޑީޑީ ސަސްޕެންޑު ކުރަން ޖޭއެސްސީން ނިންމި ނިންމުން ހުއްޓުވަން ސުޕްރީމް ކޯޓުން އަމުރެއް ނެރުނު ފަހުން، ޖޭއެސްސީން ނިންމި ނިންމުމުގައި ގާނޫނީ ބާރު އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ރޭ ވަނީ ނިންމައި، އެ މައްސަލާގައި ގޮތެއް ކަނޑައަޅައި ދިނުމަށް އެދި މަޖިލިހުގެ ތަޅުމަށް ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ