މަޖިލިސް ބަހުސްގައި ސަލީމާއި ޔޫސޭގެ ބަހުގެ ހަމަލާތަކެއް!

15 މާޗް، 2019: ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕީއެސްއެމްއިން ބާއްވާ އިންތިޚާބީ ބަހުސްގެ އޭދަފުށި ދާއިރާގެ ބަހުސްގެ ތެރެއިން / ފޮޓޯ: މުޙައްމަދު އާދަމް – ޕީއެސްއެމް ނިއުސް
ބޯމަތީގައި
އތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭދަފުށީ ދާއިރާގެ ގޮނޑިއަކީ ވާދަވެރި
ގޮނޑިއެކެވެ. ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރެވެމުން، ބައެއް މީހުންގެ
ރުޅިގަނޑު ވަނީ ކޮންޓްރޯލުންވެސް ނެއްޓިފަ އެވެ. އެގޮތުން ޕީއެސްއެމުން މިއަދު
ބޭއްވި މަޖިލިސް ބަހުސްގައި އޭދަފުށީ ދާއިރާގެ މިހާރުގެ މެންބަރު އަހްމަދު
ސަލީމާއި ޔޫސުފް މޫސާ (ޔޫސޭ) އެއްބޭފުޅަކު އަނެއް ބޭފޫޅަކަށް ވަނީ ބަހުގެ ހަމަލާތަކެއް
ފޮނުވާލައިފަ އެވެ.
ބަހުސްގެ
މެދު ތެރެއިން ޔޫސޭ ވިދާޅުވީ ދާއިރާގެ ބޭފުޅަކު މަޖިލީހުގައި ތަމްސީލް ކުރުމަކީ
ދާއިރާގެ ހުރިހާ ރައްޔިތުން މަޖިލީހުގައި ތަމްސީލްކުރުމާ އެއްފެންވަރުގެ ކަމެއް ކަމަށެވެ.
އަދި ވޭތުވެދިޔަ 10 އަހަރު ދާއިރާގެ ރައްޔިތުން ހޮވި ބޭފުޅަކު ހޮވީ 10 އަހަރު ދުވަހު
5000 މީހުންގެ ހައްގު ހިމާޔަތް ކުރުމަށް ވަކާލާތު ކުރުމަށް ކަމަށެވެ.
15 މާޗް، 2019: ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕީއެސްއެމްއިން ބާއްވާ އިންތިޚާބީ ބަހުސްގެ އޭދަފުށި ދާއިރާގެ ބަހުސްގެ ތެރެއިން / ފޮޓޯ: މުޙައްމަދު އާދަމް – ޕީއެސްއެމް ނިއުސް
“އެހެންވީމާ
ކެޕްޓަނެއްގެ ހައިސިއްޔަތުން 10 އަހަރު ދުވަހު ކެޕްޓަނެއް ލައިގެން ދުއްވީމާ އެ
އެއްޗަކުން އަޅުގަނޑުމެންނަށް އެއްވެސް ފައިދާއެއް ނުކުނި. ހަމަ ދޯނި ގޮސް އަރަނީ
ކޮންމެވެސް ފަރަކަށް. ފަރަކަށް އެރީމަ ދެން އޭތި ބީހިގެން އަނެއްކަ ބާލަން ޖެހެނީ.
އެހެންވީމާ،  5000 ރައްޔިތުން ގޮވައިގެން
ދާއިރާގެ މަންދޫބަކު ކުރިއަށް ނުދެވެންޏާ ދެން އަޅުގަނޑުމެން ދާއިރާގެ ރައްޔިތުން
ބުނަނީ ދެން ނެތޭ ކުރިއަށް އޮތް 5 އަހަރު އަނެއްކަ އެބޭފުޅާ އައްޔަން ކުރެވޭނެ
ގޮތެއް. އެހެންވީމާ އޭނަ މިފަހަރަކު ނުހޮވާނަމޭ. މިފަހަރު ބޭނުންވަނީ
ބަދަލެކޭ،” ޔޫސޭ ވިދާޅުވި އެވެ.
ބަހުސްގެ
ފަހު ފުރުސަތުގައި ރައްދު ދެއްވަމުން ސަލީމް ވިދާޅުވީ މަޖިލީހުގައި އޭނާ
މަސައްކަތް ކުރެއްވީ ރައްޔިތުން ފަޚުރުވެރިވާ މިންވަރަށް ކަމަށާއި ތަންދޮރު ނުފިލާ
މީހުން މަޖިލިސްއަށް ކުރިމަތިލުމުން އޭނާ އެކަމާ ދެރަވާ ކަމަށެވެ.
“އެހެންވީމާ ތަންދޮރު ނުފިޔާ ރޫމް ބޯއީއަކަށް އުޅުފަ
މިތަނަށް އައިސް، ތިމަންނަ އަކީ މާމޮޅޫ މީހަކަށް ހެދިގެން ހުރެ، ޒާތްޒާތުގެ ވާހަކަ
ދައްކާއިރު ތިމާއަކީ ތަސައްވުރު ނުފުދޭ މީހެއްކަން، މިކަހަލަ މަގާމަކަށް
ކުރިމަތިލީތީވެސް އަޅުގަނޑު ދެރަވޭ. އަދި މިފަހަރުގެ ވޯޓުން ވަރަށް ހަނި ކުޑަކުޑަ
ނަތީޖާއަކުން ލަނދު ގަންނަ މިންވަރުން އޭދަފުށީގެ ރައްޔިތުން ވޯޓް ދީގެން ބަލިވާތަން
ފެންނާނެ،” ސަލީމް ވިދާޅުވި އެވެ.
15 މާޗް، 2019: ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕީއެސްއެމްއިން ބާއްވާ އިންތިޚާބީ ބަހުސްގެ އޭދަފުށި ދާއިރާގެ ބަހުސްގެ ތެރެއިން / ފޮޓޯ: މުޙައްމަދު އާދަމް – ޕީއެސްއެމް ނިއުސް
ސަލީމުގެ ވާހަކަތަކަށް ރައްދު ދެއްވަން ބޭނުން ނުވާކަމަށްވިދާޅުވެ،
ޔޫސޭ ވިދާޅުވީ އެމްއެމްޕީއާރުސީގެ ރިޕޯޓް ނެރުނުއިރު ދިވެހި ރައްޔިތުންގެ ފައިސާ
ނަހަނަ ގޮތުގައި ބޭނުން ކޮށްފައި ތިބި ބޭފުޅުން މަޖިލީހަށް ހޮއްވައިފިނަމަ އިތުރު
ފައިސާތަކެއް ރައްޔިތުންގެ އަތުން ގެއްލިގެން ދާނެ ކަމަށެވެ. އަދި އޭނާ މަޖީލީހަށް
ހޮއްވަވައިދެއްވައިފިނަމަ ކުރިއަށްއޮތް އަހަރު ދުވަހުގެތޭރޭގައި މަޖިލިސްގެ
ތެރެއިން އެ ހުރިހާ ކަމެއް ނިންމައި ރައްޔިތުންގެ ކުރިމަތީގައި އެކަން ހިނގި ގޮތް
ސާބިތު ކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  
މިއަދުގެ ބަހުސްގައި ސަލީމާއި ޔޫސޭގެ އިތުރުން އެމްޑީޕީ
ޓިކެޓްގައި މި ދާއިރާއަށް ވާދަކުރައްވާ އަހްމަދު އާރިފް (އާއްޓެ) ބައިވެރިވެ
ވަޑައިގެންނެވި އިރު، އަމިއްލަގޮތުން ވާދަކުރައްވާ އަހްމަދު ފައިސަލް ބަހުސްގައި
ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ