ބ. އޭދަފުށީ ހުރިހާ މަގެއްގައި ތާރު އަޅައި މާޅޮހާއި ހިތާދޫގައި ފެނާއި ނަރުދަމާ ގާއިމުކޮށްދެއްވައި އޭދަފުށީ ދާއިރާ ތަރައްގީ ކުރަން އަހްމަދު އާރިފް (އާއްޓޭ) ގެންގުޅޭ ތަސައްވަރު މި ދާއިރާގެ ރައްޔިތުންނަށް އޭނާ އާއްމު ކުރައްވައިފި އެވެ.
އޭދަފުށީ ދާއިރާ އަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އާއްޓޭ ގެ ވައުދު ތަކުގެ ތެރޭ ދާއިރާގެ ތިންރަށުގައި ބޮޑެތި މަޝްރޫއުތަކެއް ކުރިއަށްގެންދަން ނިންމާފައިވެ އެވެ.
އޭދަފުށްޓަށް އާއްޓޭގެ ބައެއް ވައުދުތައް
ރަނގަޅު ފެންވަރުގެ މިސްކިތެއް ބިނާކުރުން
ހޮސްޕިޓަލުގައި ޕްރައިވެޓް ރޫމުތައް އަޅައި ސްޕެސަލިސްޓުން އިތުރުކުރުން
ހުރިހާ މަގެއްގައި ތާރު އެޅުން
މޫދަށް އެރޭނެ ސަރަހައްދެއް ތަރައްގީ ކުރުން
ދެނުކު ފަރާޓުގަިއ އިތުރު ބަނދަރެއް ހެދުން
މަސްމާރުކޭޓެއް އެޅުން
ކުނިނައްތާލުމުގެ ނިޒާމު ހަރުދަނާކުރުން
ފެރީޓާމިނަލަކާއި މަސްމާރުކޭޓެއް އެޅުން
ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން
އަލިފާން ނިއްވާ ނިޒާމު ގާއިމުކުރުން
ޕަވަހައުސް ކެޕޭސިޓީ އިތުރުކުރުމާއި ޑީބީ ނެޓްވޯކް ބަދަލުކުރުން
އައުޓްޑޯ ޖިމެއް ތަރައްޤީކުރުން
މާޅޮހަށް އާއްޓޭގެ ބައެއް ވައުދުތައް
ބަނދަރުގެ ބޭރުތޮށި އާކުރުން
ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުން
ޒަމާނީ ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރުން
އާ އިންޖީނުގެއެއް އިމާރާޓްކިށް ފެންވަރު ރަނގަޅު ޑީބީ ނެޓްވޯކެއް ގާއިމުކުރުން
ހިތާދޫއަށް އާއްޓޭގެ ބައެއް ވައުދުތައް
ބަނދަރު ބޮޑުކުރުމާއި މަރާމާތުކުރުން
ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުން
ޒަމާނީ ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރުން
އާ އިންޖީނުގެއެއް އިމާރާޓްކިށް ފެންވަރު ރަނގަޅު ޑީބީ ނެޓްވޯކެއް ގާއިމުކުރުން
ގެސްޓްހައުސް ވިޔަފާރި ތަރައްގީކުރުން
އާއްޓޭ ވިދާޅުވީ ދާއިރާގެ ތިން ރަށަށްމެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 15 އަހަރު ދުވަހުގެ ތަރައްގީ ހޯދުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. ހަމައެއާއެކު ސަރުކާރުންވެސް ރައްޔިތުންނަށާ ރާއްޖޭގެ އެންމެހާ ރަށްތަކަށް ތަރައްގީގެނެސް ދިނުމުގައި އެއްވެސް ހުރަހެއްނެތި މަސައްކަތް ކުރެވޭނީ ސަރުކާރުގެ ބަސްވިކޭ މަޖިލީހެއް އޮވެގެން ކަމަށް އާއްޓޭ ގަބޫލުކުރައްވަ އެވެ.
އާއްޓޭގެ ކެންޑިޑޭޓް ނަމްބަރަކީ 3 އެވެ.
(މިއީ ވިޔަފާރީގެ އުސޫލުން ޖަހާފައިވާ އާޓިކަލެކެވެ)
އާއްޓޭގެ ތަސައްވުރު ދާއިރާގެ ރައްޔިތުންނަށް އާންމު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ