ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ގޮނޑި ކާމިޔާބުކުރައްވައިފި

މިއަދު އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ނައިފަރު ދާއިރާ އަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެއްވި މިހާރު ވެސް އެދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ގޮނޑި ދިފާޢު ކުރައްވައިފިއެވެ.
މިހާތަނަށް ސާފުވެފައިވާ ނަތީޖާތަކަށް ބަލާއިރު ޝިޔާމް އުޅުއްވަނީ އެދާއިރާ އިން ދެވަނަ އަށް ދިޔަ ކެންޑިޑޭޓަށް ވުރެ 200 ވަރަކަށް ވޯޓް ކުރީގައެވެ.
ޝިޔާމް އާއި އެންމެ ކައިރިން ވާދަކުރައްވާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ކާރިމް އެވެ.
ޝިޔާމާއި ކާރިމްގެ އިތުރުން ވެސް އިތުރު ދެބޭފުޅަކު އެދާއިރާ އަށް ވާދަކުރެއްވެވިއެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ