ޖޭޕީގެ ހުރިހާ ގްރޫޕަކުން ގާސިމް އަމިއްލަފުޅަށް ބޭރުވެވަޑައިގެންފި

ޖުމްހޫރީ ޕާޓީގެ ހުރިހާ ގްރޫޕަކުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަމިއްލަފުޅަށް ބޭރުވެވަޑައިގެންފިއެވެ.
ޖޭޕީގެ ގްރޫޕްތަކުން ގާސިމް ބޭރުވެފައި ވަނީ މިރޭގެ ވަގުތެއްގައެވެ. ގާސިމް ވަނީ ޖޭޕީގެ ވަޓްސްއެޕް އަދި ވައިބާ ގްރޫޕްތަކުންވެސް ނުކުމެވަޑައިގެންފައެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބު އިންތިހާބުގައި ގާސިމް ޕީޕީއެމްއާ ގުޅިގެން ނުކުމެފައިވާތީ، ޖޭޕީގެ ތެރޭގައި އޮތީ މައްސަލަތައް ޖެހެން ފަށާފައެވެ. ޖޭޕީގެ ބައެއް އިސްބޭފުޅުންވެސް، ހާއްސަކޮށް މިނިސްޓަރުންވެސް ޖޭޕީއާ އިދިކޮޅަށް، އެމްޑީޕީއަށް ކެމްޕޭން ކޮށްދިންތަން ފެނިފައިވެއެވެ.
ގާސިމްވެސް ބައެއް ދާއިރާތަކަށް ޖޭޕީން ވާދަކުރައްވާ ކެނޑިޑޭޓް ދޫކޮށްލާ، ޕީޕީއެމް އަދި ޕީއެންސީ ކެނޑިޑޭޓަށް ތާއިދުކުރިކަންވެސް ފާހަގަކުރެވިފައިވެއެވެ.
މަޖިލިސް އިންތިހާބުގައި ޖޭޕީއަށް ފަސް ގޮނޑި ލިބިފައިވާ އިރު، އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ އެއްކޮށް ލިބިފައި ވަނީ އަށް ގޮނޑިއެވެ.
ތަފްސީލު އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ