މި ދުވަސްވަރު މާލެއިން ކަރަންޓް ކެނޑޭނެ: ސްޓެލްކޯ

މިއީ ހޫނުގަދަ ދުވަސްވަރަކަށްވުމުން ދޭތެރެ ދޭތެރެއިން މާލެއިން ކަރަންޓް ކެނޑޭނެ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.
ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ ހޫނުގަދަވުމުން ދޭތެރެ ދޭތެރެ އިން މާލެއިން ކަރަންޓް ކަނޑާލަން ޖެހެނީ ކަރަންޓު ލޯޑު ބޮޑުވުމުން ކަމަށެވެ. އެހެންވެ ގިނައިން ކަރަންޓް ބޭނުންކުރާ އެއްޗެހި މަދުން ބޭނުންކުރަން ސްޓެލްކޯ އިން އިލްތިމާސް ކުރެ އެވެ.
ކަރަންޓް ކަނޑާލަން ޖެހުމުން އާންމުންނަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފަ އެވެ. ކަރަންޓް ކަނޑާލަން ޖެހުނު ނަމަވެސް ގަޑިއެއްހާ އިރުތެރޭ އަލުން ކަރަންޓް ފޯރުކޮށްދޭނެ ކަމަށް ވެސް ސްޓެލްކޯގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިއީ އާދަޔާ ހިލާފަށް ރާއްޖެ އަށް ހޫނުގަދަ ދުވަސްވަރެކެވެ. ދުވާލުގެ އެންމެ ހޫނު ވަގުތުތަކުގައި ހޫނުމިން 32 ޑިގްރީ ސެލްސިއަސް އަށް އަރަ އެވެ. ވާރޭ ނުވެހި ގިނަ ދުވަސްވުމުން ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ވަނީ އިސްތިސްގާ ނަމާދު ވެސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ