މީދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމާ ގުޅޭގޮތުން ފެނެކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ލައްމާން ރަޝީދާއި ބައްދަލުކުރުމުގެ ފުރުސަތު ނުލިބުނުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
މީދޫ ޓައިމްސް އަށް މައުލޫމާތުދެއްވަމުން މެމްބަރު އަމީތު ވިދާޅުވީ މިއަދު ކުރި މަސައްކަތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރާ ބައްދަލުނުކުރެވުނު ނަމަވެސް ފެނަކަ ކޯޕަރޭޝަންގެ ޗީފް ޓެކްނިކަލް އޮފިސަރާއި ބައްދަލިކުރެވުނު ކަމަށެވެ.
އެބޭފުޅާއާއެކު ބޭއްވުނު ބައްދަލުވުމުން އެނގުނު ގޮތުގައި މީދޫއަށް ބޭނުންވާ 500 ކިލޯވޮޓުގެ ޖަނަރޭޓަރ ސެޓް ހޯދުމުގެ މަސައްކަތް މިހާރު ފެނަކައިން ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މީދޫއަށް އައު ޖަނަރޭޓަރ ސެޓެއް ފޯރުކޮށްދެވޭނެކަމަށް ފެނަކައިން މައުލޫމާތުދެއްވިކަމަށްވެސް އަމީތު ވިދާޅުވިއެވެ.
މީދޫގައި މިހާރު ބޭނުންކުރަމުން އަންނަ 400 ވިލޯވޮޓުގެ ޖެންސެޓަށް މައްސަލަދިމާވެ ދާއިމީކޮށް މީދޫއިން ކަރަންޓު ކެނޑޭތާ ދެމަހަށްވުރެ ގިނަދުވަސްވަނީވެފައެވެ.
ހަފްތާއެއްތެރޭގައި މީދޫއަށް އައު ޖަނަރޭޓަރެއް ފޯރުކޮށްދިނުމަށް ފެނަކައިން ދަނީ މަސައްކަތްކުރަމުން - މެމްބަރު އަމީތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ