އައްޑޫގެ ބޮޑު ބައެއް ކަނު އަނދިރީގައި، މިރޭވެސް ކަރަންޓު ކަނޑާނެ ކަމަށް ބެލެވޭ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދެމުން އަންނަ މައި މަރުކަޒީ އިންޖީނުގޭގައި ބޭނުންކުރަމުން އަންނަ އިންޖީނަކަށް މައްސަލަ ދިމާވެ، މިއަދު ހެނދުނުއްސުރެ އެކި ހިސާބުތަކުން ކަރަންޓު ކަނޑާފައިވާއިރު މިރޭވެސް ކަރަންޓު ކަނޑަމުންދާނެ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މިއަދު ހެނދުނު 8:00 އިން ފެށިގެން އެކި ހިސާބުތަކުން ކަރަންޓު ކަނޑާފައިވާއިރު ގަޑިއިރަކަށް ވުރެ ގިނަ އިރަށް ބައެއް ހިސާބުތަކުން ކަރަންޓު ގޮސްފައިވެއެވެ. ތިން ހަތަރު ފަހަރު ކަރަންޓު ކެނޑިފައިވާއިރު ޖެނެރޭޓަރަށް ދިމާވެފައިވާ މައްސަލަ ހައްލުވާނެ އިރެއް ފެނަކަ ކޯޕަރޭޝަނަކަށް ސީދާ ބުނާކަށް ނޭނގެއެވެ.
"އައްޑޫލައިވް" އިން މިކަމާ ގުޅޭ މައުލޫމާތު ހޯދުމަށް ފެނަކައަށް ގުޅުމުން އެކޯޕަރޭޝަނުން ބުނެފައިވަނީ މިރޭ 8:30 ވާއިރު ކަރަންޓު ދެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އައްޑޫ ސިޓީގެ މަރުކަޒީ އިންޖީނުގޭގައި ބޭނުންކުރަމުން އަންނަ އިންޖީނުތަކަށް މައްސަލަ ދިމާވެ ރައްޔިތުން އެތައް ގަޑިއިރު ކަރަންޓާ ނުލާ ހޭދަކުރަން ބައެއް ދުވަސްތަކުގައި ޖެހޭއިރު މިކަމަށް ދާއިމީ ހައްލެއް ފަސް އަހަރު ވީއިރުވެސް ހޯދިފައިނުވާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ