ޕީޕީއެމްގައި ތިއްބަވާ އިިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެންނެވި މަޝްހޫރު 12 މެމްބަރުންނަށް ޕްރައިމަރީއަކާއިނުލާ ޓިކެޓް ދިނުމަށް ވެވަޑައިގެންނެވި ވައުދުގެ މަތީގައި ދެމިހުންނަވާނެކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ކުރީގެ ސަރުކާރުގެ އަނިޔާވެރިކަން ހުއްޓުމަކަށް ގެނައުމަށާއި އިސްލާހީ މަސައްކަތްކޮށް ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް 12 މެމްބަރުން ކުރެއްވި މަސައްކަތުގެ އަގު ވަޒަންކޮށް، ޕްރައިމަރީއަކާނުލާ 12 މެމްބަރުންނަށް މަޖިލިސް ޓްކެޓް ދިނުމަށް ކުރިން ވެވަޑައިގެންނެވި ވައުދުގެ މަތީގައި ދެމިހުންނަވާނެ ކަމުގައެވެ.Primary aka nulai e 12 membarun 2019 ge majilis inthikhaabah kumathi levvumuge furusath eruvumah kurin vau’dhuvi gothuge matheegai iraadha kurevviyyaa alhugan’du dhemihunnaane vaahaka dhannavan. Maaiy Allah ebeyfulhunnah nasru dhevvaashi. Aameen. 2/2— Maumoon Abdul Gayoom (@maumoonagayoom) December 27, 2018އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގެންފިނަމަ އެ މެމްބަރަކަށް މަޖިލީހުގެ ގޮނޑި ހޯއްދަވާދެއްވާނެކަމަށް ކޯލިޝަންގެ ޖަލްސާއެއްގައި ވައުދުގެ ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.
ނަމަވެސް ކޯލިޝަންގެ ބައެއް ލީޑަރުން އެކަމާއި އެއްބަސްވެވަޑައިނުގަންވާކަން ވަނީ ޖާމަވެފައެވެ.
12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން ފަހުންވަނީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ. އަދި ބައެއް މެމްބަރުން އެމްޑީޕީއާއި ގުޅިވަޑައިގެން އެޕާޓީގެ މަޖިލިސް ޕްރައިމަރީގައި މިހާރު ގެންދަވަނީ ވާދަ ކުރައްވަމުންނެވެ.
އިދިކޮޅާއި ގުޅުނު 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުވެސް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވި ނަމަވެސް މޯލްޑިވްސް ތާޑްވޭ ޑިމޮކްރޭޓްސް، ޕާޓީ އުފެއްދުމަށް މި ހަފްތާގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން އެޖަލްސާގައިވަނީ ހާވަކަވެސް ދައްކަވާފައެވެ.
12 މެމްބަރުންނަށް ޓިކެޓް ދިނުމުގެ ވައުދުގެ މަތީ ދެމި ހުންނާނަން: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ