ނިމިގެންދިޔަ އަހަރު މީދޫގައި ބޭއްވުނު ފުޓްސަލް މުބާރާތްތަކުން އެންމެ ކާބިޔާބު ހޯދި ޓީމް، ތަންގަނޑު އެފްސީ އިން އެ ޓީމުގެ އަހަރުގެ މޮޅު ކުޅުންތެރިޔާ ހޮވައިފިއެވެ.
ތަފާތު މޮޅު ކުޅުމެއް ކުޅެ 2018 ވަނަ އެ ޓީމުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރިޝްވާން އަހުމަދެވެ. ތަންގަނޑު އެފްސީގެ މެނޭޖްމެންޓުން ބުނި ގޮތުގައި ރިޝްވާން އަށް މި މަގާމް ދެވުނީ ޓީމަށް ކޮށްދިން ހިދުމަތްތަކަށާއި ޓީމަށް ރީތިނަން ހޯދަން ކޮށްފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. މި އަހަރުގެ މި މަޤާމަށް ހުވޮނު ރިޝްވާންއަށް ޓީމުގެ މެނޭޖްމެންޓުގެ ފަރާތުން ވަނީ އަގުހުރި ބޫޓެއް ހަދިޔާކޮށްފައެވެ.
ތަންގަނޑު އެފްސީ އިން ވަނީ މީދޫގައި 2018 ވަނަ އަހަރު ބޭއްވި ދެ މުބާރާތް، އެމް އީ ސީ ފުޓްސަލް ފިއެސްތާ އަދި ކައުންސިލް ފުޓަސަލް ފިއެސަތާ ކާމިޔާބު ކޮށްފައެވެ. މި ދެ މުބާރާތުގައިވެސް ރިޝްވާން ވަނީ އެހެން ޓީމުތަކުގެ ކުޅުންތެރިން، އޭނާ އާއި ވާދަ ނުކުރެވޭ ވަރުގެ މޮޅު ކުޅުމެއް ދައްކާ ޓީމަށް ގިނަ ގޯލްތަކެއް ވެސް ކާމިޔާބު ކޮށްދީފައެވެ. މީގެ އިތުރުން ބެސްޓް ބަޑީ ކައުންސިލް ފުޓްސަލް ފިއެސްތާގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައި ވަނީ ރިޝްވާން އެވެ.
2018 ވަނަ އަހަރު ވެގެން ދިޔައީ ތަންގަނޑު އެފްސީ އަށް ވަރަށް ކަމިޔާބު އަހަރަކަށްށެވެ. އެ ޓީމުން ބުނި ގޮތުގައި ޓީމުގެ ތަޞައްވުރަކީ ކުރިޔަށް އޮތްތާގައިވެސް މިފަދަ ބޮޑެތި ކާމިޔާބީތަށް ހޯދާ ތަންގަނޑު އެފްސީގެ ނަން އިތުރަށް ރަން އަކުރުން ވިދުވާލުމެވެ.
2018 ވަނަ އަހަރު ތަންގަނޑު އެފްސީގެ މޮޅު ކުޅުންތެރިއަކަށް ރިޝްވާން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ