އެލަޔަންސް މެނޭޖްމަންޓްސާވިސަސް ކޮމްޕެނީ ޕްރައިވެޓްލިމިޓްގެ މައްޗަށް މީރާއިން ކުރި ދަޢުވާ ސިވިލް ކޯޓުން އިއްވި ޙުކުމާއި އެއްގޮތަށް އެ ކުންފުނިން ޢަމަލު ކޮށްފައި ނުވާތީ ކުންފުނީގެ ބޭންކް އެކައުންޓުން އެއްވެސް ފައިސާއެއް ނުނެގޭ ގޮތަށް ހިފަހައްޓަން ސވިލް ކޯޓް އަމުރުކޮށްފި އެވެ.
ބޭންކުގެ ތަކުގެ މައްޗަށް މި އަމުރު ނެރުނީ މިދިއަ ހޯމަ ދުވަހު އެވެ.
އެލަޔަންސް މެނޭޖްމަންޓް ސާވިސަސް ކޮމްޕެނީ ޕްރައިވެޓްލިމިޓެޑުގެ އޭޖެންޓުކަމުގައި 2011 ވަނަ އަހަރު ޑިސެމްބަރު މަހު ރާއްޖެއައި އެމް.އެސް. ކޮސްޓާ ރޮމޭންޓިކާގެ ޓޫރިޒަމް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ ތާރީޚަށް ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ ފައިސާ މީރާއަށް ދައްކައި ޚަލާސްކުރުމަށް އެކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމާ އެއްގޮތަށް އެކުންފުނިން އަމަލު ކޮށްފައި ނުވާތީ އެ ޙުކުމް ތަންފީޒުކުރުމަށް މީރާއިން 22 އޮކްޓޯބަރ 2012 ގައި ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެން ނެރުނު އަމުރެކެވެ.
ޖުލައި 17، 2012 ގައި ކުރި ހުކުމުގައި ބުނަނީ ކޮސްޓާ ރޮމޭންޓިކާގެ ޓޫރިޒަމް ޓެކްސްގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ ތާރީޚަށް ނުދެއްކުމުގެ ސަބަބުން އެ ކްރޫޒްލައިންގައި ހުރި 1500 އެނދަށް، ކޮންމެ އެނދަކަށް 1000ރ. ގެ މަގުން ކޮށްފައިވާ 1,500,000ރ. ގެ ޖޫރިމަނާ އެތާރީޚުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފައި ވެއެވެ.
އެލަޔަންސް މެނޭޖްމެންޓްގެ އެކައުންޓްތައް ފްރީޒް ކުރަން ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ