ބަންޑާރަ ނައިބުގެ މަޤާމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަހުމަދު އަލީ ސަވާދު ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި
15:25ހުސްވެފައިވާ ބަންޑާރަ ނައިބުގެ މަޤާމަށް އައްޔަން ކުރުމަށް މިހާރުގެ ޓޫރިޒަމް މިނިސްޓަރ ޑރ. އަހުމަދު އަލީ ސަވާދު ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާކަން ރައީސް އޮފީހުން ކަށަވަރުކޮށްދީފި އެވެ.ރައީސް އޮފީހުގެ ޕްރެސް ސެކެޓްރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ ޑރ. ސަވާދު ބަންޑާރަ ނައިބުގެ މަގާމަށް ކަނޑައަޅުއްވައި ހުވާކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި ހުވާކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ޖުޑިޝަލް ސާވިސް ކޮމިޝަންގައި އެދިވަޑައިގެންނެވި ކަމަށާއި ނަމަވެސް އެ މަސައްކަތަކީ އެ މުއައްސަސާ އިން ކުރައްވާ ކަމެއް ނޫން ކަމަށް އެފަރާތުން ވިދާޅުވެފައިވާ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ. ޒުހެއިރު ވިދާޅުވީ އުއްތަމަ ފަނޑިޔާރަކު ނެތި ބަނޑާރަ ނައިބު ހުވާކުރުމުގެ މަސައްކަތްތައް ނުކުރެވޭނެތީ އެކަންތަކާ މެދު ރައްޔިތުންގެ މަޖިލީހުން ނިންމާ ގޮތެއް ބެލުމަށް ސަރުކާރުން ބަންޑާރަ ނައިބަކު އައްޔަން ކުރުމުގެ މަސައްކަތް މިހާރު ފަސްކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ