ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީނާއި އުމަރު ނަސީރުގެ މެދުގައި އުފެދިގައިވާ ބަހުގެ ހަމަލާތަކަކީ ވެރިކަމަށް ވަޑައިގަތުމަށް ރައީސް މައުމޫން ރާއްވަވައިގެން ކުޅުއްވާ "ގޭމެއް" ކަމަށާއި ރައީސް މައުމޫންގެ ގޭމްގައި ޕީޕީއެމް ރޫޅައިލާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ތުހުމަތު ކުރައްވައިފި އެވެ.
އެމްޑީޕީގެ "ދޭތިން ފަހެތި" ކެމްޕޭނުގެ ތރޭ، ރޭ އއ. ރަސްދޫ ވާހަކަ ދައްކަމުން މޫސަ ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޕާޓީގެ އެހެން ލީޑަރަކަށް ދެއްވުމަށް ރައީސް މައުމޫން ބޭނުންފުޅުވެ ވަޑައި ނުގަންނަވާ ކަމަށެވެ.
"ދެގެރި ތަޅަންޏާ ބާރު ކުރާނީ ކައްގަލަށް، މިއީ ރައީސް މައުމޫން ބޭނުންފުޅުވާ ދެ ގެރި ތަޅާތީ ޕާޓީގައި ހަމަނުޖެހުން އުފެދިދާނޭ ކިޔައި ޕީޕީއެމްގެ ރިޔާސީ ޓިކެޓްގެ މަގާމަށް އެންމެ ރަނގަޅުވާނީ ހަމަ އަޅުގަނޑޭ ވިދާޅުވާނީ. އެންމެންނަށްވެސް އެނގޭ މިހެންކަން ޕީޕީއެމް ވެގެންދާނީ ދެވަނަ ޑީއާރުޕީއަށް، [ވާނީ] ރައީސް މައުމޫނުގެ ޑީއާރްޕީ ބައިބައިވިހެން ޕީޕީއެމްވެސް ދާނީ ބައިބައި ވެގެން،" މޫސަ ފޯކަސް ކޮށްދެއްވި އެވެ.
ފަހަކަށް އައިސް ރައީ މައުމޫނަށް ފާޑު ވިދާޅުވުން ދޫކޮށްލައްވާފައިވާ މޫސަ ރޭ ވަނީ އިލްޔާސް އިބްރާހީމަށް ވެސް ފާޑުވިދާޅުވެ ތުހުމުތަކެއް ކުރައްވާފަ އެވެ. އެގޮތުން ރައީސް ނަޝީދާ މޫސަ ޖަލުގެއަށް ގެންދަން އިލްޔާސް ބޭނުންފުޅުވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"މައުމޫން ޕީޕީއެމް ރޫޅައިލާނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ