ބައިނަލްއަގުވަމީ މުއާހަދާތަކާއި ގަރާރުތަކުން ހުރިހާ ހައްގެއް ރައްކާތެރިއެއްނުވޭ: އަހުމަދު

ބައިނަލްއަގުވާމީ މުއާހަދާ ތަކާއި ގަރާރުތަކުގައި އިންސާނީ ހުރިހާ ބާވަތެއްގެ ހައްގުތަކެއް ނުހިމެނޭ ކަމަށް ހިއުމަން ރައިޓް ކޮމިޝަނުގެ މެމްބަރ އަހުމަދު އަބްދުލް ކަރީމް ރޭ ވިދާޅުވެއްޖެ އެވެ.
ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮތް އިހުޔާކުރުމުގެ ފޯރަމްގައި ވާހަކަ ދައްކަވަމުން އަހުމަދު ވިދާޅުވީ އިންސާނީ ހައްގުތަކަކީ މާތް ﷲ ކޮންމެ އިންސާނަކަށް ދެއްވަން ވާޖިބުކޮށް ކަނޑައަޅުއްވާފައިވާ ހައްގުތަކެއް ކަމަށާއި އިންސާނީ ހައްގުތައް ފެށިގެން އައީ އިސްލާމް ދީނާއި އެކުގައި ކަމަށެވެ.
އިސްލާމް ދީނުގައި މި ހައްގުތައް ކަނޑައެޅި ނިމިފައި ވީނަމަވެސް އިންސާނީ ހައްގުތަކަށް ދުނިޔޭގެ ގައުމުތަކުން ރަސްމީ ސިފައެއްގައި އަމަލުކުރަން ފެށީ ވަރަށް ފަހުން ކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.
"އިންސާނީ ހައްގުތަކަށް ރަސްމީ ސިފައެއްގައި ގައުމުތަކުން އަމަލުކުރަން ފެށީ 1948 ގައި ޔޫއެންއިން ހިއުމަން ރައިޓްސް ގަރާރު ފާސްކުރުމުން. ޔޫއެން ގަރާރު އައީ ވަރަސް ފަހުން ނޫންތޯ؟ ޔޫއެންެ އިން ހިއުމަން ރައީޓްސް ގަރާރު ފާސްކުރުމުގެ 1300 އަހަރު ކުރިން އިސްލާމް ދީނުގައި ވަނީ މާ ފުޅާ ދާއިރާއެއްގައި އިންސާނީ ހައްގުތައް ހިމާޔަތް ކޮށްދީފައި،" އަހުމަދު ވިދާޅުވިއެވެ.
އަހުމަދު އިތުރަށް ވިދާޅުވީ އިސްލާމީ ޝަރީއަތުގައި ހުރިހާ ބާވަތެއްގެ ހައްގުތައްވެސް ރައްކާތެރި ކޮށްދޭ ކަމަށާއި، ގަރާރުތަކުން ރައްކާތެރި ކޮށްދީފައިވަނީ ވަކި ހައްގުތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ