ޝެއިހް އިލްޔާސްގެ ދަރުސްއަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވި

ދަރުސްއަށް ހާޒިރުވެފައިވާ ގިނަ އަދެއްގެ މީހުން، ގޮނޑިބަރި ފުރި ގިނަ އަދަދެއްގެ މީހުން ތިބީ ކޮޅަށްމިރޭ ކާނިވާ ސްޓޭޖްގައި އަދާލަތު ޕާޓީއިން އިންތިޒާމްކޮށްގެން ބޭއްވި ދަރުސްއަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވެއްޖެއެވެ.‘ސުވަރުގެއަށް އެދޭ މީހާ’އަށް އަމާޒުކޮށްގެން ބޭއްވި މިދަރުސް އަޑުއެހުމަށް ކާނިވާ ސްޓޭޖްގެ އެތެރާއި ބޭރު އެކީ ތޮއްޖެހިފައިވާކަމަށް ދިއިސްލާމްއަށް ވަނީ ހަބަރު ލިބިފައެވެ. ޓީވީ މޯލްޑިވްސް އިން ‘ވަގުތުން’ ގެނެސްދިން މިދަރުސްއަކީ މިހާތަނަށް އަދާލަތުޕާޓީއިން ބޭއްވި އެންމެ ކާމިޔާބު ދަރުސްކަމުގައިވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.‘ސުވަރުގެއަށް އެދޭ މީހާ’ އަށް ހުރި އުފާވެރި ހަބަރުތަށް ދަރުސްގެ ހާޒިރީންނަށް ޝެއިހްވަނީ ބަލާލާފައެވެ. ސުވަރުގޭގައި ވަނީ ތިމާ ހިތްއެދޭ ކަންކަން ކަމުގަޔާއި ދުނިޔޭގައި އަޅުގަނޑުމެން ހިތް ނޭދޭ އެއްވެސް ކަމެއް ސުވަރުގޭގައި ނުވާނެކަމުގައި ޤުރުއާނާއި ހަދީސްގެ އަލީގައި ޝެއިހްވަނީ ބަޔާންކޮށްދެއްވާފައެވެ. ސުވަރުގޭގައި މަރުވުމެއް ނެތްކަމަށާއި މުސްކުޅިވުމެއް، ހިތާމައެއް، ބުރައެއް ނެތްކަމުގައާއި ސުވަރުގެ ހޯދުމަށް ވާދަ ނުކުރަންވީ ކީއްވެގެންތޯ ހާޒިރީންނަށް ސުވާލުކުރެއްވިއެވެ. މުސްލިމުންނަށް ދުނިޔެއަކީ ޖަލެއް ކަމުގައާއި ކާފަރުންނަށް މިދުނިޔެއަކީ ސުވަރުގެ ކަމަށްވެސް ޝެއިހްވަނީ ވިދާޅުވެފައެވެ.ކުޑަކުދިންނާއި ޒުވާނުންނާއި މެދުއުމުރުފުރައިގެ ހަރުމީހުންގެ އިތުރުން މުސްކުޅިންގެ ގިނަ ބަޔަކު އެއްތަނަކުން ފެނިގެން ދިޔަ މިދަރުސްއަށް ‘ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވެ ޝައުގުވެރިކަމާއި އެކު އަޑުއެއްސެވީތީ ވަރަށް ހިތްހަމަޖެހިއްޖެކަމަށް.’ ދަރުސް އިންތިޒާމްކުރުމުގައި އިސްކޮށް އުޅުއްވި އިކްރާމް އަބްދުއްސައްތާރު ދިއިސްލާމް އަށް މައުޟޫމާތު ދެއްވިއެވެ.‘ސުވަރުގެއަށް އެދޭ މީހާ’ މިދަރުސްގެ ރެކޯޑިންގ ބައްލަވާ !
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ