ނަޝީދުގެ ސަބަބުން އިއްތިހާދަށް ގެއްލުންވެޔޭ ނުބުނަން - ގާސިމް

ނަޝީދުގެ ސަބަބުން އިއްތިހާދަށް ގެއްލުންވެޔޭ ބުނެފައި ނުވާނެކަމަށް ގާސި،މް އިބުރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އެހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ގާސިމް ވިދާޅުވި ގޮތުގައި ރައީސް ނަޝީދުގެ ސަބަބުން އިއްތިހާދުގެ ހަތަރު ބައި މީހުންގެ މިއޮތް ބަދަހި ގުޅުމަށް ގެއްލުމެއް ލިބިދާނެ ކަމަށް ގާސިމް ނުވަތަ ޖޭޕީއިންވެސް ބުނެފައެއް ނުވާނެ ކަމަށާއި، އަދި އެއީ މި އެއްބައިވަންތަކަން ނެތިކޮށްލުމަށް ބަޔަކު ހިންގަމުން އަންނަ ބޮޑު ޖަރީމާއެއް ކަމަށެވެ.
ގާސިމް އެހެން ވިދާޅުވި އިރު "އެއްވެސް ޤައުމެއްގެ ނަންކިޔާ އެޤައުމަކަށް ތުހުމަތުކޮށްގެން ވާނީ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި ދީނީ އިލްމުވެރިންނާއި ހައްދުފަހަނައަޅާ މީހުންނާ ގުޅުވައިގެން ޖެހިގަތީމަ ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށާއި އަދި ވިސްނާ ނުލާ ބައެއް ބޭފުޅުން މިކަން ކުރެއްވުމުން މުޅި ކޯލިޝަން ކެމްޕެއިނަށް އޭގެ ގެއްލުން ވެދާނެ ކަމަށް ގާސިމް ވިދާޅުވި" ކަމަށް ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓުން ރޭ ވަނީ ސޯޝަލް މީޑިއާގައި އަޑު ފަތުރާފައެވެ.
ކުރީގެ ރައީސް ނަޝީދު، ރައީސް ޔާމިން ގެ ރަނިންމޭޓް އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ނިސްބަތް ކުރައްވާ ޝަހީމަކީ ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ އައިއެސް އަށް މީހުން ފޮނުއްވާ ބޭފުޅެއް ކަމަށް ވިދާޅުވެގެން ނަޝީދަށް އަންނަނީ ގިނަ ބައެއް ގެ ފަރާތުން ފާޑުކިޔުންތަށް އަމާޒުވަމުންނެވެ.
ހާއްސަކޮށް ޑރ. ޝަހީމް ރަނިންމޭޓަކަށް ހަމަ ޖެއްސެވުމުން ފާޑު ވިދާޅުވި ޑރ އިޔާޒް ވެސް ޝަހީމް ގެ ދިފާއުގައި ވަނީ ކުރީގެ ރައީސް ހެއްދެވީ ދޮގެއް ކަމަށް ބުނެ ވާހަކަ ދައްކަވާފައެވެ.
"ޑރ ޝަހީމްއަކީ އެފަދަބޭފުޅެއް ނޫންހަން ޚުދު އަޅުގަޑުވެސް ހެކިވަން. ސިޔާސީ ގޮތުން ވާދަވެރިކަމެއް އޮތް ނަމަވެސް ބުހުތާނު ދޮގު ހައްދަވައިގެން މީސްމީހުންގެ އަބުރުކަތިލައްވަން ނޫޅުއްވާ" ޑރ އިޔާޒް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ