ޑޮންފެންއާއެކު ބްރިޖްގެ ކަރަންޓް ވިއުގަ މަޝްރޫއު ކުރިއަށް

ހުޅުލެ-މާލެ ކަރަންޓު ވިއުގައަކުން ގުޅުވައިލުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާގެ ޑޮންފެން އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން (ޑީއީއީސީ)އާ އެވެ.
މި މަޝްރޫއުގެ ދަށުން އަޅާ ކޭބަލްގެ ދިގު މިނަކީ ހަތް ކިލޯ މީޓަރެވެ. މި މަޝްރޫއު އެ ކުންފުންޏަށް ހަވާލުކޮށްފައިވަނީ 44.46 މިލިއަން ޑޮލަރަށެވެ. ޑޮންފެންއާ ހަވާލުކޮށްގެން ހުޅުމާލޭ-މާލެ ބުރިޖުން ގުޅައިލާ ކޭބަލްއަކީ 132 ކިލޯވޮޓްގެ ހައި ވޮލްޓޭޖް ކޭބަލް އެކެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހޫރު ވިދާޅުވީ (ޑީއީއީސީ) އަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 12 ބިލިއަން ޑޮލަރު ކުޑަ އަދަދަކަށް ކަމަށެވެ. އަދި އެ ކުންފުންޏަށް ފައިސާ ދައްކަން ހަތް އަހަރުގެ މުއްދަތެއް ލިބޭ ކަމަށެވެ. ނަމަވެސް މި މަޝްރޫއަށް ކުރިމަތލި ޗައިނާ ނެޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޯ (ސީއެންއީއީސީ) އަށް ފައިސާ ދައްކަން ޖެހެނީ ފަސް އަހަރު ދުވަހުން ކަމަށެވެ.
"ޑީއީއީސީއަކީ މިހާރު ވެސް ހުޅުމާލޭގައި ކަރަންޓުގެ މަސައްކަތް ސްޓެލްކޯއާއެކު ކުރާ ކުންފުނި. ކޭބަލްގެ މަސައްކަތް ވެސް ކުރާނީ އެ ކުންފުނިން. އެހެންވެ ހުރިހާ ގޮތަކުން ބެލިނަމަވެސް ދައުލަތަށް ވެސް ފައިދާ ކުރޭ މި ކުންފުންޏަށް ހަވާލު ކުރުމުން،" ޒުހޫރު ވިދާޅުވި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ޒުހޫރު -- އަހުމަދު ޝުރާއު | އަވަސް
ސަރުކާރުން ދަނީ ސްޓެލްކޯއާ ހަވާލުކޮށްގެން، ފަސްވަނަ ޕަވާ މަޝްރޫއުގެ ނަމުގައި 1.2 ބިލިއަން ރުފިޔާގެ މަޝްރޫއެއް ހިންގަމުންނެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން، 8.9 މެގަވޮޓްގެ ހަ ޖަނަރޭޓަރާއި ތެޔޮ ރައްކާކުރާނެ ވަސީލްތާއި ވޯޓާ ޑީސެލިނޭޝަން ފެސިލިޓީއެއް ގާއިމް ކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ