ސޮނީ ސްޕޯޓްސްގެ "ބެކް ޓު ސްކޫލް" ޕްރޮމޯޝަން ފަށައިފި

ކޮންމެ އަހަރަކު ވެސް ސްކޫލް ބަންދާ ދިމާކޮށް ސޮނީ ސްޕޯޓްސް އިން ބާއްވާ "ބެކް ޓު ސްކޫލް" ޕްރޮމޯޝަން މި އަހަރު ވެސް ފަށައިފި އެވެ.
ސޮނީ ސްޕޯޓްސް އިން ބުނި ގޮތުގައި މި އަހަރުގެ ޕްރޮމޯޝަން ކުރިއަށް ދާނީ ޗާންދަނީ މަގާއި އަމީނީ މަގުގައި ހުންނަ ސޮނީ ސްޕޯޓްސްގެ ފިހާރައިގަ އާއި މަޖީދީމަގުގައި ހުންނަ ބާޓާ ފިހާރައިގަ އެވެ. އެ ގޮތުން، މި ޕްރޮމޯޝަންގެ ދަށުން، ސޮނީ ސްޕޯޓްސް އިން ގަންނަ ކޮންމެ ސްކޫލް ދަބަހަކަށާއި ބާޓާ އިން ގަންނަ ކޮންމެ ސްކޫލް ބޫޓަކަށް އެއް އަހަރު ދުވަހުގެ ވޮރެންޓީ ލިބޭނެ އެވެ.
"ކުދިން ގަޔާވާ ކަހަލަ، ގިނަ ދުވަހު ހަލާކު ނުވެ ހުންނާނެ، ފެންވަރު ރަނގަޅު، އެކި ކުލަކުލައިގެ ދަބަސް ސޮނީ ސްޕޯޓްސް އިން ލިބޭނެ. އޭގެ ތެރޭގައި ނައިކީ، އެޑިޑަސް، ރިޕްކާލް އަދި ކުއިކްސިލްވާ ފަދަ މަޝްހޫރު ބްރޭންޑުތަކުގެ ދަބަސް ހިމެނޭ،" ސޮނީ ސްޕޯޓްސްގެ އޮފިޝަލަކު ވިދާޅުވި އެވެ.
މީގެ އިތުރުން، މި ޕްރޮމޯޝަންގައި، ނައިކީ ނުވަތަ އެޑިޑަސް އެކްޓިވިޓީ ބޫޓަށް 15 ޕަސެންޓް ޑިސްކައުންޓާއި ބާޓާ ސްކޫލް ބޫޓުން 15 ޕަސެންޓް ޑިސްކައުންޓް ލިބޭ ވައުޗަރެއް ވެސް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ "ބެކް ޓު ސްކޫލް" ޕްރޮމޯޝަންގައި ސްކޫލް ބޫޓާއި ދަބަހުގެ އިތުރުން ފެން އަޅާ ހަމާއި ޕެންސިލް ކޭސް ވެސް ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ