މަދަނީ އަބްދުﷲ އާއި ބައެއް ރަށްރަށުގެ ކައުންސިލަރުންގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކު ޕީޕީއެމް އާއި ގުޅިއްޖެ

މަދަނީ އަބްދުﷲ އާއި ބައެއް ރަށްރަށުގެ ކައުންސިލަރުންގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކު ޕީޕީއެމް އާއި ގުޅިއްޖެ އެވެ.
ޕީޕީއެމްއާއި އަލަށް ގުޅުނު ފަރާތްތަކުގެ ފޯމުތަކާ ހަވާލު ވެލެއްވީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެވެ. ފޯމުތައް ރައީސް މައުމޫން އާއި ހަވާލުކޮށްފައިވަނީ ކާނިވާ ސަރަހައްދުގައި މިހާރު ކުރިއަށްދާ “އުންމީދީ 16” ޖަލްސާގަ އެވެ.
އަލަށް ޕީޕީއެމް އާއި ގުޅިވަޑައިގެންނެވި ފަރާތްތަކުގެ ތެރޭގައި މަދަނީ އަބްދުﷲ އާއި އަދާލަތު ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި އެމްޑީޕީގެ ބައެއް އާންމު މެމްބަރުންނާއި ބ ގޮއިދޫ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސްގެ އިތުރުން ކުޅުދުއްފުށިން 50 އާންމު މެމްބަރުންނާއި ލ.މާމެންދޫ އިން 50 އާންމު މެމްބަރުންގެ އިތުރުން އައްޑޫ މީދޫ އިން 125 އާންމު މެމްބަރުން ގުޅިފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ