ވަގުތީ ހިޔާގެ ގޮތުގައި، އިމާދުއްދީން ސްކޫލުގެ އިތުރުން ރެހެންދި ސްކޫލާއި ގާޒީ ސްކޫލް ހަމަޖައްސައިފި

ވަގުތީ ހިޔާގެ ގޮތުގައި އިމާދުއްދީން ސްކޫލުގެ އިތުރުން ރެހެންދި ސްކޫލާއި ގާޒީ ސްކޫލް ބޭނުން ކުރަން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮވިޑް-19އާ ގުޅިގެން ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ގާޒީ ސްކޫލާއި ރެހެންދި ސްކޫލް ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށާއި އެ ކަމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
އެ މަސައްކަތް ކޮށްފައިވަނީ އެމްއޭސީއެލްގެ އެހީތެރިކަމާއެކު ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މާލޭގައި އިމާދުއްދީން ސުކޫލްވެސް ވަނީ ވަގުތީ ހިޔާއަކަށް ބަދަލުކޮށްފައެވެ. އަދި މިހާރު އިމާދުއްދީން ސްކޫލާއި ގާޒީ ސްކޫލް ވަނީ ވަގުތީ ހިޔާގެ ގޮތުގައި ބޭނުންކުރަން ފަށާފައި ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މީގެ ކުރިން ކުލި ނުދެއްކިގެން ގެއިން ނެރުމުން ސަރުކާރުން ވަނީ ވަގުތީ ހިޔާ ފޯރުކޮށްދީފައެވެ. އަދި މާލޭގައި ކުއްޔަށް އުޅޭ ގިނަ ބަޔަކަށް ކުލި ނުދެއްކިގެން، އެމީހުން ދިރިއުޅޭ ތަންތަނުން ނުކުތުމަށް އަންގާކަމުގެ ޝަކުވާތައް ވެސް ވަނީ ގިނަވެފައެވެ.
އެމައްސަލަ ބޮޑުވެގެން އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ފެމިލީ ލީގަލް ކްލިނިކުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ވަނީ ސިޓީއެއްވެސް ފޮނުވާފައެވެ. އެ ސިޓީގައި އެ ޖަމިއްޔާއިން އެދިފައި ވަނީ ދިމާވެފައިވާ މިހާލަތުގައި ކުލި ނުދެއްކުނު ކަމުގައި ވިޔަސް ގެއިން ނުނެރެވޭނެ ގޮތަކަށް ވަގުތީ ގާނޫނެއް ހަދައި ދިނުމަށެވެ.
މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން، މަގުމަތިވެ ހާލުގައި ޖެހުނު މީހުންނަށާއި، އެކި ކަންކަމުގައި މާލެ އައިސް، ލޮކްޑައުން ކުރުމުން މާލެއިން ނުފުރި ތާށިވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް ވެސް ސަރުކާރުން އަންނަނީ ވަގުތީ ބޯހިޔާވަހިކަމާއި، ކާބޯތަކެތި ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ